ދުނިޔެ ސީރިޔާއިން ޢިރާޤާއި ތުރުކީއާއި ދެމެދު ޙިއްޞާކުރާ ސަރަހައްދީ ރޮނގުގެ މަޤާމުތައް އެފްއެސްއޭއިން ހިފައިފި

ސީރިޔާއިން ޢިރާޤާއި ތުރުކީއާއި ދެމެދު ޙިއްޞާކުރާ ސަރަހައްދީ ރޮނގުގެ މަޤާމުތައް އެފްއެސްއޭއިން ހިފައިފި

ސީރިޔާއިން ޢިރާޤާއި ތުރުކީއާއި ދެމެދު ޙިއްޞާކުރާ ސަރަހައްދީ ރޮނގުގެ މަޤާމުތައް އެފްއެސްއޭއިން ހިފައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސީރިޔާއިން ޢިރާޤާއި ތުރުކީއާއި ދެމެދު ޚިއްޞާކުރާ ސަރަހައްދީ ރޮނގުގެ މަޤާމްތައް ފްރީ ސީރިއަން އަރމީ (އެފްއެސްއޭ) އިން އިއްޔެ ހިފައިފިއެވެ.

މިގޮތުން ތުރުކީއާއިވީ ސަރަހައްދީ ރޮނގުގައި ހުންނަ ސީރިޔާގެ ކަސްޓަމްސް އާއި އިމިގްރޭޝަންގެ އިމާރާތްތައް މިހާރު ވަނީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިކަމަށް އެފްއެސްއޭގެ ތަރުޖަމާނު އަދްނާން އަލްއަސަދީ ހާމަކުރިއެވެ.

"އީރާޤްއާއި ދެމެދު ޚިއްޞާކުރާ ސަރަހައްދީ ރޮނގުގެ ހުރިހާ މަޤާމެއްވެސް މިހާރުވަނީ ފްރީ ސީރިޔަން އަރމީގެ ބާރުގެ ދަށުގައި. އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ ދިމިޝްޤް މިނިވަންކުރުން،" އޭނާ އިތުރަށް މަޢުލޫމާތުދިނެވެ.

ޢިރާޤްގެ ސިފައިންގެ އިސް އޮފިޝަލަކު ހާމަކުރިގޮތުގައި ސީރިޔާގެ ސަރަހައްދީ ރޮނގުގައި ހުންނަ ސީރިޔާ ސަރުކާރުގެ ދެމަރުކަޒަކަށް ހަނގުރާމަވެރިންވަނީ އިއްޔެ ވަރުގަދަ ހަމަލާތަކެއްދީ ބައްޝާރުލް އަސަދުގެ ސަރުކާރުގެ 21 ވަރަކަށް ސިފައިން މަރާލާފައެވެ.

ތުރުކީއާއި އިންވެގެންވާ ސަރަހައްދީ ރޮނގުގެ މަޤާމްތަކަށް އެފްއެސްއޭގެ ހަނގުރާމަވެރިން ހަމަލާދިނުމުން އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ސިރިޔާ ސަރުކާރުގެ ސިފައިންވަނީ ހަމަލާބަދަލުކުރުމަށްފަހު އެންމެ ފަހުން އަމާންދީފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.