ރާއްޖޭގެ ޚަބަރު ޙަޤީގަތުގައި ކެތްތެރިކަން ހިމެނެނީ ރޯދައިގާ ކަމަށާއި ރޯދަވެރިޔާ ކެތްތެރިވުމުގެ ސަބަބުން ﷲ ޠައާލާ ގިނަގުނަ އަޖުރު ދެއްވާ:ޝައިޚް ނިމާލު

ޙަޤީގަތުގައި ކެތްތެރިކަން ހިމެނެނީ ރޯދައިގާ ކަމަށާއި ރޯދަވެރިޔާ ކެތްތެރިވުމުގެ ސަބަބުން ﷲ ޠައާލާ ގިނަގުނަ އަޖުރު ދެއްވާ:ޝައިޚް ނިމާލު

ޙަޤީގަތުގައި ކެތްތެރިކަން ހިމެނެނީ ރޯދައިގާ ކަމަށާއި ރޯދަވެރިޔާ ކެތްތެރިވުމުގެ ސަބަބުން ﷲ ޠައާލާ ގިނަގުނަ އަޖުރު ދެއްވާ:ޝައިޚް ނިމާލު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޙަޤީގަތުގައި ކެތްތެރިކަން ހިމެނެނީ ރޯދައިގާ ކަމަށާއި ރޯދަވެރިޔާ ކެތްތެރިވުމުގެ ސަބަބުން ﷲ ޠައާލާ ގިނަގުނަ އަޖުރު ދެއްވާކަމަށް އައްޝައިޚް ނިމާލު މުޙައްމަދު ވިދާޅު ވެއްޖެއެވެ.
ޝައިޚް ނިމާލު މިހެން ވިދާޅުވީ ޓީވީއެމް އިން ގެނެސްދިން "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ކެތްތެރިކަމަށްޓަކައި ﷲ ޞުބްޙާނަޙޫ ވަޠައާލާ ހިސާބެއް ނެތްގޮތުގައި އަޖުރު ދެއްވާ، ރޯދައަށްވެސް ހިސާބެއްނެތް ގޮތުގައި އަޖުރު ދެއްވާ، ޙަޤީގަތުގައި ރޯދައިގާ މިހިމެނެނީ ކެތްތެރިކަން" ޝައިޚް ވިދާޅުވިއެވެ.
މީގެ އިތުރުން ޝައިޚް ނިމާލު ވިދާޅުވީ ރޯދައިން އަޅުގަނޑުމެންނަށް ކެތްތެރިކަން ދަސްކޮށްދޭ ކަމަށެވެ. އެގޮތުން ކެތްތެރިކަމުގެ ތިން ބަޔެއް ބަޔާން ކޮށްދެއްވިއެވެ. މާތް ﷲ އަމުރު ކުރައްވާފައިވާ ކަންތައްތަކުން އަޅުގަނޑުމެން ދުރުވެ ތިބޭ ކަމާއި އެގޮތުން ވަރުބަލި ކަމާއެކުވެސް ނަމާދާއި ޒިކުރު ކުރުމުގައާއި ކީރިތި ޤްރުއާން ކިޔެވުމާއި އަދި މައިންބަފައިންނަށް އިޙްސާންތެރިވުމުގައި ތިބޭކަމަށް ޝައިޚް ވިދާޅުވިއެވެ.
"އަދި ހަމަ މިއާއި އެކު ﷲ ޞުބްޙާނަޙޫ ވަޠައާލާ ނަޙީ ކުރައްވާފައިވާ ކަންތައްތަކުން ދުރުވެ ތިބެގެންވެސް އަޅުގަނޑުމެން ކެތްތެރިކަން ޙާސިލްކުރޭ! އެގޮތުން އަޅުގަނޑުމެންގެ ދޫ ﷲ ޞުބްޙާނަޙޫ ވަޠައާލާ ނުރުއްސަވާގޮތަށް ބޭނުން ނުކުރުމަށް އަމުރުކުރައްވާފައިވާތީވެ އަޅުގަނޑުމެންގެ ދުލުން އެއިލާޙު ރުއްސަވާ ކަލިމައެއްނޫނީ ބޭނުންނުކުރަމު، ރޯދައަށް ހުންނަ މީހާ އޭނާގެ ދުލާއި އެހެނިހެން ގުނަވަންތަކުން އެހެންމީހުންނަށް އުނދަގޫ ދިނުމުން ކެތްތެރިވޭ، ޙަޤީގަތުގައި މިއީ ވަރަށް ބޮޑު ކެތްތެރިކަމެއް. އަދި ހަމަ މިއާއިއެކު ﷲ ޞުބްޙާނަޙޫ ވަޠައާލާ ރޯދަ ފަރުޟު ކުރައްވާފައިވާތީވެ، އެއިލާހުގެ ޤަދަރުފުޅަށް އަޅުގަނޑުމެން ކެތްތެރިވަމު." ޝެއިޚް ނިމާލްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ޝައިޚް ނިމާލު ގެ އިތުރުން ރޭގެ ޕްރޮގްރާމުގައި ވާހަކަފުޅު ދެއްކެވި އައްޝައިޚް އަޒްމަތު ޖަމީލް ގެ ވާހަކަފުޅުގައި ރޯދަ މަހުގައި ކުރެވޭ ތަރާވީޙް ނަމާދުގެ ރަކްއަތްތަކުގެ އަދަދާ މެދު ޢިލްމުވެރިން ތެރޭގައި އިޚްތިލާފު އޮންނަ ކަމަށާއި މިކަމުގައި އެއްބަކު އަނެއް ބަޔަކު އެކުރަނީ ގޯސްކޮށް ކަމަށް ނުބުނުމަށް ނަޞޭހަތްތެރިވިއެވެ.

"އިސްލާމީ ދިރިއުޅުން"މި ޕްރޮގްރާމަކީ ވަކި މަޢުލޫއެއް ކަނޑައަޅާ ، އެ މަޢުލޫއާއި ގުޅޭ ގޮތުން ބެލުންތެރިންނަށް ސުވާލު ކުރުމުގެ ފުރުޞަތު ހުޅުވާލައިގެން ޓީވީއެމް އިން ކޮންމެ ހަފުތާއަކު ހޯމަ ދުވަހުގެ ރޭ 10:05ކުން 10:55 އަށްގެނެސްދޭ ޕްރޮގްރާމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.