ދުނިޔެ މިޞްރުގެ އިމާރާތެއް ވެއްޓި ގިނަ އަދަދެއްގެ މީހުން މަރުވެއްޖެ

މިޞްރުގެ އިމާރާތެއް ވެއްޓި ގިނަ އަދަދެއްގެ މީހުން މަރުވެއްޖެ

މިޞްރުގެ އިމާރާތެއް ވެއްޓި ގިނަ އަދަދެއްގެ މީހުން މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިޞްރުގެ އިސްކަންދަރިއްޔާގެ އިމާރާތެއް ވެއްޓި ގިނަ ޢަދަދެއްގެ މީހުން މަރުވެއްޖެއެވެ. އެޤައުމުގެ ސިއްހަތާއިބެހޭ ވުޒާރާއިން ހާމަކޮށްފައިވާގޮތުގައި މިހައިތަނަށް ހޯދިފައިވާ މަރުވި މީހުންގެ އަދަދަކީ 19 ކަމަށެވެ.

"ވެއްޓިފައިވާ އިމާރާތުގެ ތެރެއިން މިހައިތަނަށް ފެނިފައިވަނީ 19 މީހުންގެ ހަށިގަނޑު،" ސިއްހަތާއިބެހޭ ވުޒާރާއިން މަޢުލޫމާތުދިނެވެ.

މަރުވެފައިވާ މީހުންގެ ހަށިތައް މިހާރު އިސްކަންދަރިއްޔާގެ ޤަބުރުސްތާނަކަށް ގެންގޮސްފައިވާކަމުގައި މިޞްރުގެ އެމްބިއުލަންސް ޚިދުމަތުގެ ވެރިޔާ އަޙްމަދު އަލްއަންޞާރީ މީނާ ނިއުސް އޭޖެންސީއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ.

ފުލުހުން ހާމަކުރާގޮތުގައި މިއިމާރާތް ވެއްޓުމާއި ގުޅިގެން އެއިމާރާތާއި އިންވެގެން ހުރި ތިން ގެއެއްވެސް ވަނީ އެކީ ހަލާކުވެފައެވެ. މަންޒަރު ދުށް މީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި އެއިމާރާތުގައި 4 އާއިލާއެއް ދިރިއުޅެއެވެ.

މިޞްރުގައި މިފަދަ ހާދިސާތައް ދޭތެރެ ދޭތެރެއިން ދިމާވާކަމުގައި ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރެއެވެ. އަދި ގިނަ ފަހަރު މިފަދަ ހާދިސާތައް މެދުވެރިވަނީ ޤާނޫނާއި ޚިލާފަށް އިމާރާތްތައް އެޅުމުގެ ސަބަބުންނާއި އިމާރާތަށް ލިބޭ ގެއްލުންތަށް މަރާމާތު ނުކުރެވި ހުރުމުގެ ސަބަބުންކަމުގައި މިޞްރުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.