ދުނިޔެ ބަރުމާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުން އަންނަ ޤަތުލުއާންމުތަކާއިމެދު ސޫ ކީގެ ހަނުހުރުމާއި މެދު ސުވާލު އުފެދޭ- ޕްރޮފެއްސަރ ބަންގަޝް

ބަރުމާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުން އަންނަ ޤަތުލުއާންމުތަކާއިމެދު ސޫ ކީގެ ހަނުހުރުމާއި މެދު ސުވާލު އުފެދޭ- ޕްރޮފެއްސަރ ބަންގަޝް

ބަރުމާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުން އަންނަ ޤަތުލުއާންމުތަކާއިމެދު ސޫ ކީގެ ހަނުހުރުމާއި މެދު ސުވާލު އުފެދޭ- ޕްރޮފެއްސަރ ބަންގަޝް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަރުމާގެ ސަރުކާރުން އެޤައުމުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުން އަންނަ ޤަތުލުއާންމުތަކާއިމެދު ނޯބެލް ޕީސް ޕްރައިޒް ލިބިފައިވާ އެޤައުމުގެ އިދިކޮޅު ލީޑަރު އެންގ ސޫ ކީގެ ހަނުހުރުމަކީ އެއީ ސުވާލުއުފެދޭކަމެއްކަމަށާއި އަދި އެއީ އެޤައުމުގެ މައިނޯރިޓީ މުސްލިމު ރައްޔިތުންނަށް ވެވޭ ބޮޑު އަނިޔާއެއްކަމުގައި ސިޔާސީ މުޙައްލިލެއްކަމުގައިވާ ޕްރޮފެއްސަރ ގުލާމް ތަޤީ ބަންގަޝް ވިދާޅުވެއްޖެއެވެ.

ޝަހީދު ޒުލްފިގާރް އަލީ ބުއްޓޫ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ޕްރޮފެއްސަރ ބަންގަޝް ހާމަކުރެއްވިގޮތުގައި ބަރުމާގެ ރޮހިންގޔާގެ މުސްލިމުން އެޤައުމުން އދ. ގެ ރެފިއުޖީ ކޭމްޕުތަކަށް ބޭރުކުރުމަށް ބަރުމާގެ ރައީސް ގޮވާލާފައިވާއިރު ރޮހިންގްޔާގެ މުސްލިމުންނަށް ކުރިމަތިވަމުން އަންނަ މައްސަލަތަކާއި ގިންޖެހުންތަށް ހައްލުކުރުމަށް އިދިކޮޅު ލީޑަރ ސޫ ކީ އެއްވެސް މަސައްކަތެއް ކުރައްވާތަނެއް ނުފެނުމުން ވަރަށް ގިނަ ބަޔަކުވަނީ މާޔޫސްވެފައެވެ. އަދި މިދިޔަ މަހު ޖެނީވާގައި އޮތް ބައްދަލުވުމެއްގައި ރޮހިންގޔާގެ މުސްލިމުންނަކީ ބަރުމާގެ ރައްޔިތުންކަމަށް އެނގިފައިނުވާކަމަށްވެސް ސޫ ކީ ބުނެފައިވާކަން ޕްރޮފެއްސަރ ބަންގަޝް ފާހަގަކުރެއްވިއެވެ.

ބަންގަޝް ވިދާޅުވިގޮތުގައި އެމެރިކާއަށް ބަރުމާގެ މައްސަލަތެރެއަށް ނުވަންނަނީ އެއީ ބަރުމާއިން އެމެރިކާއަށް ވާނެ އެއްވެސް އިޤްތިޞާދީ ފައިދާއެއް ނެތުމުން ކަމަށް ބެލެވޭކަމަށެވެ.

"އެމެރިކާގެ އިޤްތިޞާދީ ޗާޓުން އިރު ދެކުނު އޭޝިއާދަނީ މަޑުމަޑުން ފަނޑުވަމުން. ބަރުމާގެ މިމައްސަލަ ހައްލުވަންދެން އެމެރިކާއިން ބަރުމާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހޭނެ. ނަމަވެސް އެމީހުންނެއް އެކަމެއް ނުކުރޭ،" ބަންގަޝް އިތުރަށް ވިދާޅުވިއެވެ.

ބަރުމާގެ ބުދިސްޓުންދަނީ އެޤައުމުގެ މުސްލިމުން ކަތިލަމުންނެވެ. އދ. އިން ހާމަކުރާގޮތުގައި ބަރުމާގެ މުސްލިމުންނަކީ ދުނިޔޭގެ އެންމެ އަނިޔާ ލިބެމުން އަންނަ އާބާދީއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.