ދުނިޔެ އިޒްރޭލުގެ ބޮޑުވަޒީރާއި ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާއެއްގައި ޔަހޫދިޔަކު އަމިއްލައަށް ގައިގައި ރޯކޮށްލައިފި

އިޒްރޭލުގެ ބޮޑުވަޒީރާއި ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާއެއްގައި ޔަހޫދިޔަކު އަމިއްލައަށް ގައިގައި ރޯކޮށްލައިފި

އިޒްރޭލުގެ ބޮޑުވަޒީރާއި ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާއެއްގައި ޔަހޫދިޔަކު އަމިއްލައަށް ގައިގައި ރޯކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއާއި ދެކޮޅަށް އިއްޔެ ތެލްއަވީވްގައި އިޒްރޭލުގެ ބަޔަކު ކުރަމުން ދިޔަ މުޒާހަރާގައި ޔަހޫދިޔަކު އަމިއްލައަށް ގައިގައި ރޯކޮށްލައިފިއެވެ.

62 އަހަރުގެ މިމީހާ ގަޔަށް ޕެޓްރޯލް އަޅައިގެން ގައިގައި ރޯކޮށްލުމުގެ ސަބަބުން ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާކަމަށް ހާރެޓްޒް ނޫހުން ހާމަކުރެއެވެ. އޭނާއަށް މިހާރުދަނީ އިޒްރޭލުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންނެވެ.

މިމީހާ އިއްޔެ އޮތް މިމުޒާހަރާގައި ލިޔެފައިވާ ލިޔުމެއްގައި ތުހުމަތުކޮށްފައިވާގޮތުގައި އިޒްރޭލުގެ ސަރުކާރުންވަނީ އޭނާ ލޫޓުވާލާފައެވެ. އަދި އޭނާ ބުނެފައިވާގޮތުގައި އިޒްރޭލުގެ ދަށްފަންތީގެ އާއިލާތަކުން ކޮންމެ ދުވަހަކު ކުރިމަތިވަމުން އަންނަ ހިތްދަތިކަމުގެ ޒިންމާ ނަގަންޖެހެނީ ބޮޑުވަޒީރު ނެތަންޔާހޫއާއި މާލީ ވަޒީރު ޔުވާލް ސްޓެއިނިޓްޒްއެވެ.

މިދިޔަ އަހަރު އިޒްރޭލުގައި ފެށުނު 'އިޖްތިމާޢީ ޢަދާލާތު'ގެ ނަމުން މަޝްހޫރުވެފައިވާ މުޒާހަރަތަކަށް އެއްއަހަރު ފުރުމާއިގުޅިގެން ޔަހޫދީންގެ އެތަށް ހާސްބަޔަކުވަނީ މަގުތަކަށް ނިކުމެ މުޒާހަރާކޮށްފައެވެ.

އެކްޓިވެސްޓެއްކަމުގައިވާ އޮފަރ ބަރުކާން ބުނެފައިވާގޮތުގައި އަމިއްލައަށް ގައިގައި ރޯކޮށްލި މީހާއަކީ މިދިޔަ އަހަރުގެ މުޒާހަރާތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެފައިވާ މީހެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.