ދީނީ ގޮތުން ހަރުކަށި އުސޫލުތައް ގެންގުޅޭ ގައިދީން ފާހަގަކޮށް އެކަހެރިކޮށް ބައިތިއްބުމަށް އެމެރިކާއިން ރާއްޖެއަށް ލަފާދީފިއެވެ.
ރާއްޖޭގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ދީނީ ގޮތުން ހަރުކަށި އުސޫލުތައް ގެންގުޅޭ ގައިދީން ފާހަގަކޮށް އެކަހެރިކޮށް ބައިތިއްބުމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ދިވެހި ސަރުކާރަށް ލަފާ ދީފައިވާކަމަށް ޕްރެސް ސެކެޓްރީ މުޙައްމަދު ޒުހައިރުވަނީ ހާމަކޮށްފައެވެ. ޒުހައިރު ހާމަކޮށްފައިވާގޮތުގައި ޖަލުތަކުގެ ހާލަތު ބެލުމަށް ޒިޔާރަތްކޮށް ޖަލުތައް ބެލި އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ ޓީމުން ވަނީ ރަނގަޅުކުރަންޖެހޭކަންކަން ސަރުކާރަށް ހުށަހަޅާފައެވެ. އޭގެތެރޭގައި "ދީނީ ގޮތުން ހަރުކަށި އުސޫލުތައް ގެންގުޅޭ ގައިދީން ފާހަގަކޮށް އެކަހެރިކޮށް ބައިތިއްބުމަށް" ލަފާދީފައިވާ ކަމަށެވެ.
ރާއްޖޭގެ ޖަލުތަކަށް އެމެރިކާފަދަ ޤައުމުތަކުން ޒިޔާރަތްކޮށް ތަފާތު ރިޕޯޓްތަކުން ދޭތެރެ ދޭތެރެއިން ނެރެމުންދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...