ދުނިޔެ އިރާޤަށް ކަނޑައަޅާފައި ހުންނަ ސޫރިޔާގެ ސަފީރު އިދިކޮޅުފަރާތްތަކާއި ގުޅިއްޖެ

އިރާޤަށް ކަނޑައަޅާފައި ހުންނަ ސޫރިޔާގެ ސަފީރު އިދިކޮޅުފަރާތްތަކާއި ގުޅިއްޖެ

އިރާޤަށް ކަނޑައަޅާފައި ހުންނަ ސޫރިޔާގެ ސަފީރު އިދިކޮޅުފަރާތްތަކާއި ގުޅިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިރާޤަށް ކަނޑައަޅާފައި ހުންނަ ސޫރިޔާގެ ސަފީރު ނަވާހް އަލްފާރިސް މަޤާމުން އިސްތިއުފާދީ އިދިކޮޅު ފަރާތްތަކާއި ގުޅިއްޖެއެވެ.

"ބަޑިތައް އަމާޒުކުރަންވީ ސޫރިޔާގެ ސަރުކާރުގައިވާ މުޖްރިމުންނާއި ދިމާލަށް،" ބައްޝާރުލް އަސަދުގެ ސަރުކާރުން ވަކިވެފައިވާ އެންމެ ފުރަތަމަ ސަފީރު ފާރިސް ވަނީ ސޫރިޔާގެ އަސްކަރިއްޔާއަށް ގޮވާލާފައެވެ.

އިދިކޮޅު ފަރާތްތަކާއި ފާރިސް ގުޅުމީ އެޤައުމުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކަށް މިވީ 16 މަސްދުވަހުގައި އިދިކޮޅު ފަރާތްތަކަށް ލިބުނު އެންމެ ބޮޑު ހިތްވަރުކަމަށް އިދިކޮޅު ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

"އަހަރެން ސޫރިޔާގެ ރިވޮލިއުޝަނަރީސް އާއި ގުޅިގަފައިވާކަން މިހިނދުން އަންގައި އިޢުލާންކުރަން. އަހަރެންގެ އެދުމަކީ އަސްކަރިއްޔާގެ މެމްބަރުންވެސް މި އިންޤިލާބުގައި ބައިވެރިވެ ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ނިކުތުމަށް،" ސޫރިޔާގެ އަސްކަރިއްޔާއާއި ގާތްގުޅުމެން އޮންނަ ފާރިސް އޭނާގެ ފޭސްބުކް އެކައުންޓުގައި ޝާއިޢުކޮށްފައިވާ ވީޑިއޯ މެސެޖެއްގައި ބުނެފައިވެެއެވެ.

"ސޫރިޔާގެ ކޮންމެ ރައްޔިތެއްގެ މަސްޢޫލިއްޔަތެއް އިންޤިލާބުގައި ބައިވެރިވެ މި ގޭންގު މިޤައުމުން ދުރުކޮށް މިނުބައިހުވަފެނުން ރައްޔިތުން ހޭލެއްވުމީ،" އޭނާ ގޮވާލައިފައިވެއެވެ. އޭނާ އިތުރަށް ހާމަކުރުގޮތުގައި ބައްޝާރުލް އަސަދާއި އޭނާގެ އާއިލާއާއި އަދި ރައްޓިހިން ސޫރިޔާ ފަސާދަކޮށް މުޅި މުޖްތަމަޢު ހަލާކުކުރަމުންދާތާ މިހާރު 40 އަހަރުވެއްޖެކަމަށެވެ.

އިރާޤްގެ ފޮރިން މިނިސްޓަރ ހުޝިޔާރު ޒިބާރީ ބުނެފައިވާގޮތުގައި ފާރިސް މިވަގުވީ ޤަތަރުގައެވެ.  "އޭނާއަކީ އަސްކަރީ ދާއިރާގައި އަދި ސެކިއުރިޓީ ދާއިރާގައި އަރާހުރި މީހެއް،" ނޫސްވެރިންނަށް މަޢުލޫމާތުދެމުން ޒިބާރީ ހާމަކުރިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.