ދުނިޔެ މިސްރުގެ ރައީސާއި އޮބާމާ ބައްދަލުކުރައްވަން ނިންމަވައިފި

މިސްރުގެ ރައީސާއި އޮބާމާ ބައްދަލުކުރައްވަން ނިންމަވައިފި

މިސްރުގެ ރައީސާއި އޮބާމާ ބައްދަލުކުރައްވަން ނިންމަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސެޕްޓެމްބަރ މަހު އެމެރިކާގެ ނިޔުޔޯކްގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ ގެ އާއްމު މަޖިލީހުގެ ޖަލްސާގައި މިސްރުގެ ރައީސް މުޙައްމަދު މުރްސީއާ އެމެރިކާގެ ރައީސްބަރަކް އޮބާމާ ބައްދަލުކުރައްވާނެކަމަށް އޮފިޝަލުން ހާމަކުރައްވައިފިއެވެ.

"ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އދ ގެ އާއްމުމަޖިލީހުގައި ރައީސް މުރްސީ ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅުގައި އެމެރިކާއަށް ޒިޔާރަތް ކުރެއްވުމަށް އެދި ރައީސް އޮބާމާ ދަޢުވަތު ދެއްވި."  އެމެރިކާގެ ސެކްރެޓެރީ އޮފް ސްޓޭޓްގެ ނާއިބު ވިލިޔަމް ބާރންސް ރައީސް މުރްސީއާ ޤާހިރާގައިި  ބޭއްވެވި ބައްދަލުވުމަށްފަހު މިސްރުގެ އޮފިޝަލެއްކަމުގައިވާ ޔާސިރު ޢަލީ ހާމަކުރައްވާފައިވެއެވެ.

މިސްރުގެ އިޤްތިޞާދަށް އެމެރިކާއިން އެއްބާރުލުންދެއްވާނެކަމަށް ބާރންސް ވަޢުދުވެވަޑައިގެންނެވިއެވެ. އަދި ބައިނަލްއަޤްވާމީ މުޢާޙަދާތަކަށް ތަބާވާނެކަމަށް މުރްސީ ކުރެއްވި ވަޢުދަށް މަރުޙަބާ ދެންނެވިއެވެ.

" މިސްރުގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އެހީވުމުގައި އެމެރިކާއަށް ކޮށްދެވެން އޮތް ކޮންމެކަމެއްވެސް ކޮށްދޭން މިތިބީ ތައްޔާރަށް. ރައީސާއި އަހަރުމެންނަށް ވިސްނޭ މިކަމުގަ ކުރިމަތިވާނެ ގޮންޖެހުންތައް." މުރްސީއާއެކު ބޭއްވެވި ބައްދަލުވުން ނިންމަވާލުމަށްފަހު ބާރންސް ވިދާޅުވެފައިވެއެވެ.

ޖުލައި 14 ގައި އެމެރިކާގެ ސެކްރެޓެރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަންގެ ދަތުރުފުޅާއި ގުޅިގެން މިސްރަށް ވަޑައިގެންނެވި ބާރންސް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި މިސްރުން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއި އެކު ވާހަކަދައްކަމުން އަންނަ 3.2 ބިލިއަން ޑޮލަރުގެ ލޯނާއި ގުޅޭގޮތުން މަޝްވަރާތައްކުރައްވާފައިވާކަމަށެވެ.

މީގެ އިތުރުން މިސްރުގެ ހުއްޓިފައިވާ ޤާނޫނީ މަޖިލީހުގެ މަސައްކަތްތައް އަލުން ފެއްޓެވުމަށް ރައީސްގެ ޤަރާރެއް ނެރުއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިސްރުގެ އަސްކަރީ ކައުންސިލުންވަނީ އިއްޔެގެ ވަގުތެއްގައި ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.