ދުނިޔެ އަރަފާތުގެ އަވަހާރަވުމާއި ގުޅިގެން އަނބިކަނބަލުން ސުހާ ޕެރިސްގެ ކޯޓުގައި މައްސަލަ ހުށަހަޅުއްވަނީ

އަރަފާތުގެ އަވަހާރަވުމާއި ގުޅިގެން އަނބިކަނބަލުން ސުހާ ޕެރިސްގެ ކޯޓުގައި މައްސަލަ ހުށަހަޅުއްވަނީ

އަރަފާތުގެ އަވަހާރަވުމާއި ގުޅިގެން އަނބިކަނބަލުން ސުހާ ޕެރިސްގެ ކޯޓުގައި މައްސަލަ ހުށަހަޅުއްވަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރް އަރަފާތު 2004 ވަނަ އަހަރު ފްރާންސްގެ ޕެރިސްގެ ހޮސްޕިޓަލެއްގައި އަވަހާރަވެފައިވަނީ ރޭޑިއޯއެކްޓިވް ވިހަ މާއްދާއެއް ހަށިގަނޑަށް ގޮސްގެންކަން ތަޙްލީލްތަކުން ދެއްކުމާއި ގުޅިގެން އަރަފާތުގެ އަނބިކަނބަލުން ސުހާ ޕެރިސްގެ ކޯޓަށް މިމައްސަލަ ވައްދަވާނޭކަމަށް އެކަމަނާގެ ލޯޔަރުން މިއަދު ހާމަކޮށްފިއެވެ.

"ފަލަސްތީނުގެ ކުރީގެ ލީޑަރ ޔާސިރް އަރަފާތުގެ ހުވަފަތް އަނބިކަނބަލުން ވަނީ ޕެރިސްގެ ޤާނޫނީ ޓީމަކުން މިމައްސަލަ ނަންހާމަކޮށްފައިނުވާ ފަރާތަކާއި ދެކޮޅަށް ޕެރިސްގެ ކޯޓުގައި މައްސަލަ ހުށަހެޅުމަށް އެދިވަޑައިގެންފައި،" ޕިއަރ އޮލިވަރ ސަރގެ ޤާނޫނީ ފަރމުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.

ސުހާ އަރަފާތުގެ ފިރިކަލުން އަވަހާރަވުމަށް ދިމާވި ހަޤީޤީ ސަބަބު ކަމާއިބެހޭފަރާތްތަކުން ހޯދައި ޢަދުލުއިންސާފު ޤާއިމްކޮށްދޭނެ ކަމުގައި އުއްމީދު އެކަމަނާ ކުރައްވާކަމުގައި އެބަޔާނުގައި ހާމަކޮށްފައިވެއެވެ.

އަރަފާތުގެ އަނބިކަނބަލުން މިފިޔަވަޅު ނަންގަވާފައިވަނީ އަރަފާތު އަވަހާރަކޮށްފައިވަނީ ޕޮލޮނިއަމް ކިޔާ ވިހަ މާއްދާއެއް ދީގެންކަމަށް ސްވިޒަރލޭންޑުގައި ކުރެވިފައިވާ ލެބޯރަޓަރީ ތަޙްލީލްތަކުން ދައްކާކަމުގައި މިދިޔަ ހަފްތާގައި އަލްޖަޒީރާއިން ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ހާމަވުމާއިގުޅިގެންނެވެ.

ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް މިކަމާއި ގުޅިގެން ވިދާޅުވެފައިވާގޮތުގައި އަރަފާތު އަވަހާރަވެފައިވަނީ ކިހިނެއްތޯ ބެލުމަށްޓަކައި އަރަފާތުގެ ހަށިކޮޅުން ސާމްޕަލް ނަގައި ޓެސްޓް ހެދުމަށް ސްވިޒަރލޭންޑުގެ ކަމާއިބެހޭ ތަޖުރިބާކާރުންނާއި ވާހަކަދައްކަވާނެކަމަށެވެ.

ކްރެމްލިންއަށް ފާޑުވިދާޅުވަމުންގެންދިޔަ ރަޝިއާގެ ކުރީގެ ޖާސޫސެއްކަމަށްވާ އެލެކްޒެންޑަރ ލިޓްވިނެކޯ 2006 ވަނަ އަހަރު ލަންޑަންގެ ހޮޓަލެއްގައި މަރާލައިފައިވަނީ ޕޮލޮނިއަމް ބޭނުންކޮށްގެންނެވެ.

ނޮބެލް ޕީސް ޕްރައިޒް ހާސިލްކުރައްވާފައިވާ އަރަފާތު އަވާހަރަވެފައިވަނީ 11 ނޮވެމްބަރ 2004 ވަނަ ދުވަހުއެވެ. އަރަފާތު އަވަހާރަކޮށްލައިފައިވަނީ ޒަހަރު ދީގެންކަމަށް، އަރަފާތުގެ ހާއްޞަ އެޑްވައިޒަރެއްކަމުގައިވާ އަބޫ ޝަރީފު މީގެކުރީގައި ހާމަކުރައްވާފައިވެއެވެ. އޭނާ މިހެން ހާމަކޮށްފައިވަނީ، އިނގިރޭސި ވިލާތުގެ މަތީ ފަންތީގެ ޓޮކްސިކޮލޮޖިސްޓުންތަކެއް ކުރި ތަހުލީލުތަކަކުން އެކަން ސާބިތުވުމުންކަމަށް އަބޫ ޝަރީފް ވިދާޅުވެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.