ރާއްޖެ އޮންލައިނުން ޓޮޕް އަޕް ކާޑު ތަޢާރަފް ކޮށްފި

ރާއްޖެ އޮންލައިނުން ޓޮޕް އަޕް ކާޑު ތަޢާރަފް ކޮށްފި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

ރާއްޖޭގައި އިންޓަނެޓް ގެ ޚިދުމަތް ދޭ ދެވަނަ ކުންފުނި ރާއްޖެ އޮންލައިނުން އެކުންފުނީގެ ލިމިޓެޑް ޕެކޭޖްތަށް ބޭނުންކުއްވާ ކަސްޓަމަރުންނަށް ޚާއްސަކޮށްގެން  ޓޮޕްއަޕް ކާޑު ތަޢާރަފް ކޮށްފިއެވެ.

ރާއްޖެ އޮންލައިންގެ މާކެޓިން މެނޭޖަރ ތިނެސްވަރަން ސެލަދުރައީ ވިދާޅުވީ  އެކުންފުނިން މިދިޔަ ހަފްތާގައި އަލަށް ތަޢާރަފް ކުރި ޓޮޕްއަޕް ކާޑުން އެކުންފުނީގެ ލިމިޓެޑް ޕެކޭޖުތަށް ބޭނުންކުރާ ކަަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެ. އަދި އޮފީސް ބަންދުކޮށްފައި ހުންނަ ގަޑިތަކުުގައި ޕެކޭޖްގެ ލިމިޓް ހަަމަވެއްޖެ ނަމަ އަމިއްލަ ފުޅަށް ވަގުތުން ޓޮޕް އަޕް ކޮށްލައިގެން އެކައުންޓް ރިއެކްޓިވޭޓް ކޮށްލެވޭނެ ކަމަށެވެ.

2 ޖީބީއާއި 50 ޖީބީ އާއި ދެމެދުގެ ޓޮޕްއަޕް  ކާޑު ތަޢާރަފްކޮށްފައިވާއިރު ރާާއްޖެ އޮންލައިންގެ ބިލިން ކައުންޓަރުން ލިބެން ހުންނާނެކަމަށް އެކުންފުނިން ބުނެއެވެ.

2004 ވަނަ އަހަރުން ފެށިގެން މާލެ ހިމެނޭ ސަރަހައްދަށް ރާއްޖެ އޮންލައިނުން އަންނަނީ އިންޓަނެޓްގެ ޚިދުމަތް ދެމުންނެވެ.

 

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.