ސަޢުދީގެ ޤާތިފް ސިޓީގައި ހައްދުފަހަނައަޅާފައިވާ ޝީޢީން ކުރިއަށް ގެންދިޔަ ހަޅުތާލީގައި ސައުދީ ފުލުހުންނާއި ޝީޢީންނާއި ދެމެދު ކުރިމަތިލުންތައް ހިނގައި ޝީޢީންގެ ތެރެއިން ދެމީހަކު މަރުވެފައިވާކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ.
މިހަމަނުޖެހުމުގައި މަރުވެފައިވަނީ އަޚްބަރް ޝަކޫރީ އަދި މުޙައްމަދު ފިލްފެލް ނަމަކަށް ކިޔާ ސެ ޝީޢީންނެވެ. އަދި ޝީޢީން ހަޅުތާލިކުރަންފަށާފައިވަނީ ސައުދީ ފުލުހުން ޝީޢީންގެ ޝައިޚެއްކަމުގައިވާ ނިމްރް އައްނިމްރްއޭ ކިޔުނު މީހަކު ހައްޔަރުކުރުމާއިގުޅިގެންކަމުގައި އެމީހުން ބުނެފައިވެއެވެ.
އީރާނުގެ ޝީޢީ ސަރުކާރުގެ ނުފޫޒުގެ ދަށުން ސަޢުދީގެ ޝީޢީންގެ އާބާދީ ބޮޑު ސަރަޙައްދުތަކުގައި އެޤައުމުގެ ރަސްކަމާއި ދެކޮޅަށް މުޒާހަރާކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ނިމްރް ހައްޔަރުކޮށްފައިވަނީ ސަރުކާރާއި ދެކޮޅަށް ބަޣާވާތްކުރުމަށް ގޮވާލުމުގެ ތުހުމަތުގައިކަމަށް ސައުދީގެ އިންޓީރިއަރ މިނިސްޓްރީއިން ހާމަކުރެއެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ އަލްއަވާމިއްޔާގައި މިދިޔަ އާދީއްތަ ދުވަހުއެވެ.
މުސްލިމް ޤައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ނާޖާއިޒްފައިދާނަގައި މުސްލިމުންގެ ބާރުގަދަ ޤައުމުތަކުގައި ހަންފެތުރުމަށް އެމެރިކާއަދި އީރާނުން ވާދަކުރަމުން އަންނަކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވެއެވެ. އަދި އީރާނުން ބޭނުންވަނީ ސައުދީގައި ޒަމާނުއްސުރެ އޮތް ސުންނަތް ޖަމާޢަތުގެ ދަޢުވަތު ފުނޑުފުނޑުކޮށްލައި މައްކާ އަދި މަދީނާގައި ޝީޢީންގެ ބާރުގަދަކުރުމަށް ކަމަށްވެސް އެބޭފުޅުން ހާމަކުރައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...