ޓީވީ އިން ދެއްކި ބަހުޘެއްގައި އުރުދުންގެ މަޖިލިސް މެންބަރަކު ބަޑިއެއް ބޭނުންކޮށްފި
އައްމާން، އުރުދުން: ޓީވީ އިން ވަގުތުން ކުރިއަށް ގެންދިޔަ ޝޯއެއްގައި އުރުދުންގެ ޤާނޫނު ހަދާމަޖިލީހުގެ މެންބަރަކު އޭނާއާ އިދިކޮޅަށް ވާހަކަދެެއްކި މެންބަރަކާއި ދިމާލަށް ބަޑި ދިއްކުރި މައްސަލައެއް ތަޙްޤީޤުކުރަމުންދާކަމަށް ހޯމަދުވަހު އެޤައުމުގެ ޕްރޮސެކިއުޓަރއެއްވަނީ ހާމަކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު އުރުދުންގެ ސިޔާސީ މަސްރަޙާއި ސީރިޔާގެ މަސްރަޙާއި ގުޅޭގޮތުން ބޭއްވުނު ބަޙުޘެއްގައި މުޙައްމަދު ޝަވާބްކާ އޭނާގެ ބަޑި މަންސޫރު ސައިފް އަދީން މުރާދާއި ދިމާއަށް ދިއްކުރިކަމަށްވަނީ ޝަވާބްކާއަކީ "މާފިޔާ ވަގެއް"ކަމަށް މުރާދު ބުނުމުންނެވެ. މި ބަޙުޘް ލައިވްކޮށްފައިވަނީ އުރުދުންގެ ޖޫސެޓް ސެޓްލައިޓް ސްޓޭޝަނުންނެވެ.
" އޭނާ އުޅުނުނީ އަހަރެންގެ ގަޔަށް ބަޑި ޖަހަން،އެހެންވީމަ އޭނާއަށް އެކަމުގެ އަދަބު ލިބެންޖެހޭނ،ެ" މުރާދު ބުންޏެވެ. މުރާދަކީ ބައްޝާރުލް އަސަދުގެ ސަރުކާރަށް ތާޢީދުކުރާ އަރަބި ނޭޝަނަލިސްޓް ގްރޫޕްތަކާއި އެކު ބައިވެރިވާ އެކްޓިވިސްޓެކެވެ.
އޭނާ ހޯމަދުވަހު ޝަވާބްކާއާދެކޮޅަށް އައްމާންގެ ދަށު ކޯޓަށް މައްސަލަ ހުށަހަޅާފައިވާކަމަށް މުރާދު އިތުރަށްހާމަކޮށްފައިވެއެވެ.
މިކަމާގުޅޭގޮތުން ޝަވާބްކާގެ ފަރާތުން އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ. މިމައްސަލަ ކޯޓަށްލިބިފައިވާކަން އައްމާންގެ ޕްރޮސެކިއުޓަރއެއް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި މިކަމަށް ޙުކުމެއްކުރެވޭވަރަށް ހެކިލިބެން ހުރިތޯ ކޯޓުން ވަރަށް އަވަހަށް ބަލާނެކަމަށެވެ.
" އޭނާ ބަޑި ދިއްކުރީ މުރާދުގެ ބޮލަށްކަމުގައިވާނަމަ، އެއީ މީހަކު ގަސްތުގައި މަރާލުމަށް މަސައްކަތްކުރުން ކަމުގައި ވާނީ،" ޕްރޮސެކިއުޓަރ ހާމަކުރިއެވެ. މިހަމަނުޖެހުމުގެ ވީޑިއޯގައި ޝަވާބްކާ ބަޑި މުރާދަށް އަމާޒުކޮށްގެންހުރިކަމަކަށް ނުދައްކައެވެ.
މިހަމަނުޖެހުން ފުރަތަމަ ފެށުނީ މުރާދަކީ ބައްޝާރުލް އަސަދުގެ " ޖާސޫސެއް"ކަމަށް ޝަވާބްކާއިން ތުހުމަތުކުރުމުންނެވެ. މުރާދުވަނީ މިތުހުމަތަށް އިންކާރުކޮށްފައެވެ.
"ކަލޭތީ މޮސާޑުގެ އޭޖެންޓެއް،" މުރާދު ޝަވާބްކާއަށް ރައްދުގައި ބުނެފައިވެއެވެ. ދެމީހުންގެ ބަހުގެ ހަމަލާތައް މާބޮޑަށް ހޫނުވާންފެށުމުން އެދެމީހުން މަތަކުރުމަށް ޕްރޮގްރާމް ހުށަހަޅަމުންގެންދިޔަ މުޙައްމަދު ހަބަޝްނާ މަސައްކަތްކުރިއެވެ. ހަމަޖެހުމުގެ ބަދަލުގައި ޝަވަބްކާގެ ރުޅި ހަމައިން ނައްޓާ އެންމެ ފަހުން މުރާދާއި ދިމާލަށް ބޫޓު އުކައި ރިހިކުލައިގެ ބަޑިއެއް ނަގައި ދިއްކުރިއެވެ. ހަބަޝާ އެދޭތެރެއަށް ވަދެ އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި ޕްރޮގްރާމް ނިންމާލިއެވެ.
"އަހަރެން ހަމަ ހައިރާންވެ އަންތަރީސްވި،" ހަބަޝާ ފަހުން ނޫހަކަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ. "ހީވީ ވައިލްޑް ވެސްޓް ސްޓައިލްގެ ފިލްމެއްގެ މަންޒަރުހެން. ހަމައެކަނިތަންކޮޅަކީ ސްޓޫޑިއޯގައި އޭރު އަސްނެތް ތަންކޮޅު."
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!

ކޮމެންޓް (0)
ލޯޑް ކުރަމުން...