ދުނިޔެ ބައްޝާރުގެ ސިފައިން މަރާލާފައިވާ ޕައިލެޓުންގެ ހަނދާނުގައި ތުރުކީގެ އިސްވެރިން ސުކޫތެއް ގެނެސްފި

ބައްޝާރުގެ ސިފައިން މަރާލާފައިވާ ޕައިލެޓުންގެ ހަނދާނުގައި ތުރުކީގެ އިސްވެރިން ސުކޫތެއް ގެނެސްފި

ބައްޝާރުގެ ސިފައިން މަރާލާފައިވާ ޕައިލެޓުންގެ ހަނދާނުގައި ތުރުކީގެ އިސްވެރިން ސުކޫތެއް ގެނެސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންކާރާ: ބައްޝާރުލް އަސަދުގެ އަނިޔާވެރި ސިފައިން މިދިޔަ މަހު ދިން ހަމަލާއެއްގައި މަރުވި 2 ޕައިލެޓުންގެ ހަނދާނުގައި ހުކުރު ދުވަހު ހަމަހިމޭންކަމުގެ ސުކޫތެއް ތުރުކީގެ އިސްވެރިންވަނީ ގެނެސްފައެވެ. މިހަމަލާގެ ސަބަބުން މިދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް ބޮޑު ހީނަރުކަމެއްވަނީ އައިސްފައެވެ.

ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބް އަރްދުއާންވަނީ މިހަފްލާގައި ބައިވެރިވެވަޑައިގަތުމުގެގޮތުން އެމަނިކުފާނުގެ ޗުއްޓީ މެދުކަނޑުއްވާލައްވާފައެވެ.

ތުރުކީގެ އެފް ހަތަރެއްގެ މިޖެޓު ސީރިއާގެ އަސްކަރިއްޔާއިން މެޑިޓެރޭނިއަން ކަނޑަށް ވައްޓާލާފައިވަނީ ޖޫން 22 ވަނަ ދުވަހުއެވެ. ސީރިއާގެ މިހަމަލާގައި މަރުވެފައިވާ ތުރުކީގެ ޕައިލެޓުންގެ ހަށިތައް ތުރުކީ ސިފައިންވަނީ މިހަމަލާދިންތާ ދެދުވަސްފަހުން މެޑިޓެރޭނިއަން ކަނޑުން ހޯދާފައެވެ.

ބައްޝާރުގެ ސިފައިންގެ މިއުދުވާނީ ހަމަލާގައި މަރުވެފައިވާ ދެޕައިލެޓުންގެ ހަނދާނުގައި ބޭއްވި ސުކޫތުގައި އެރްދުއާންގެ ސަރުކާރުގެ ގިނަ ވަޒީރުންނާއި އަދި އެޤައުމުގެ ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޕައިލެޓުންގެ ޖަނާޒާގައި ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނެއް ބައިވެރިވެފައިވާކަމަށް ތުރުކީގެ ނޫސްތަކުން މަޢުލޫމާތުދީފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.