އެމެރިކާއިން ބޭރަށް ނިއުކްލިއަރ ޓްރިގަރ ސުމަގުލްކުރުމުގައި ޔަހޫދީ އިސްތިޢުމާރުގެ ބޮޑު ވަޒީރު ބެންޖަމިން ނެތަންޔާހޫގެ އަތެއް ވާކަމުގައި އެންޓިވަރ ވެބްސައިޓުން ޝާއިޢުކޮށްފައިވާ ރިޕޯޓަކުން ހާމަކޮށްފިއެވެ.
އެންޓިވަރ ވެބްސައިޓުން އިއްޔެ އާންމު ކުރި މިލިއޔުމަގައި ބުނެފައިވާގޮތުގައި ޔަހޫދީ އިސްތިޢުމާރުގެ މިލިޓަރީ އެފެއަރޒް މިނިސްޓްރީއާއި ގުޅުން އޮންނަ ކުންފުނިތަކަކުން އެމެރިކާއިން ބޭރަށް ނިއުކްލިއަރ ހަތިޔާރުތަކެއްގެ ޓްރިގަރުތަކެއް ސުމަގުލްކުރަމުންދާކަމުގެ ޖާސޫސީ މަޢުލޫމާތުލިބިގެން އެކަމުގެ މައްޗަށް އެފްބީއައިން 1985ކުން 2002 ކަށް ކުރިއަށް ގެންގޮސްފައިވާ ރިޕޯޓުގެ އިތުރު ކަރުދާސްތަކެއް އެފްބީއައިއިން އާންމުކޮށްފައިވާކަމަށެވެ.
މިރިޕޯޓުގައި އިތުރަށް ހާމަކޮށްފައިވާގޮތުގައި ސުމަގުލްކުރުމުގައި ޔަހޫދީ އިސްތިޢުމާރުގެ ފަރާތުން އެންމއ އިސްކޮށް ހަރަކާތްތެރިވެފައިވާ ހެލީ ޓްރޭޑިންގ ކުންފުނީގެ އިސްރޯލެއް ނެތަންޔާހޫ އަދާކޮށްފައިވެއެވެ.
ހެލީ ޓްރޭޑިންގ ކުންފުނީގެ ކުރިއަށް ނެރެފައިވާ މިލްކޯ އިންޓަރނޭޝަނަލް ކުންފުނީގެ ރިޗަރޑް ކެލީ ސްމިތުއާއި ނެތަންޔާހޫއާ ވަރަށް ގާތް ގުޅުމެއް އޮތްކަން މިރިޕޯޓުން އިނގެއެވެ. އަދި އޭޕްރިލް 2002ގައި ސްމިތު ވަނީ ނިއުކްލިއަރ ޓްރިގަރއެއްގެ ގޮތުގައި ބޭނުންކުރެވޭ ކުޑަ އާލާތެއްކަމުގައިވާ ކްރިޓްރޮން ސުމަގުލްކުރުމުގެ ކުށުގައި 40 މަހަށް ޖަލަށް ހުކުމްކޮށް 20000 ޑޮލަރުން ޖޫރިމޭނާކޮށްފައެވެ.
ސްމިތުވަނީ ހެލީ ޓްރޭޑިންގ ކުންފުންޏަށް 800 ކްރުޓްރޮން ވިއްކިކަމަށްވެސް ތުހުމަތުކުރެވި އެކަމަށް އެއްބަސްވެފައެވެ.
"ތެލް އަވީވްގެ ރެސްޓޯރަންޓްތަކުގައިއާއި އަދި ނެތަންޔާހޫގެ ގޭގައި އަދި އޮފީހުގައި ތަފާތު އެކިފަހަރު ސްމިތްވަނީ ނެތަންޔާހޫއާއި ބައްދަލުކޮށްފައެވެ،" އެފްބީއައިގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...