ވިލިމާލޭގައި އައްޝައިޚް އަޙުމަދު ސަމީރު ބިން އިބްރާހިމްގެ ވަރަށް ޚާއްސަ ދަރުސެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޕީސް ފައުންޑޭޝަނުން ހާމަކޮށްފިއެވެ.
މިދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ 8:45 ގައި ވިލިމާލޭ ފުޓްބޯޅަދަނޑުގައި ކަމަށް ދަރުސް އިންތިޒާމް ކުރާ ޕީސްފައުންޑޭޝަން އިން ހާމަކުރެއެވެ. މި ދަރުސް ރޭޑިޔޯ އެޓޯލް އިން ލައިވް ކުރެވޭތޯ މަސައްކަތް ކުރަމުންދާކަމަށްވެސް ޕީސް ފައުންޑޭޝަންގެ ފަރާތުން މަޢުލޫމާތު ދެއެވެ. “ފުރުސަތު ނަގާނުލާ" މިމަޢުޟޫގެ މައްޗަށް ވާހަކަފުޅު ދެއްކުމަށް ހަމަޖެހިފައިވާ މިދަރުސަށް ވީހާވެސް ގިނަ އަޚުންނާއި، އުޚުތުން ހާޒިރުވެލެއްވުމަށް ޕީސްފައުންޑޭޝަންގެ ފަރާތުން އެދެ އެވެ.
އައްޝައިޚް އަޙުމަދު ސަމީރުގެ ދަރުސެއް ރޭ ހުޅުމާލޭގައިވެސް ވަނީ ބާއްވާފައެވެ. މިދަރުސަށް ވަރަށް ގިނަ ބައެއްގެ ތަރުޙީބު ވަނީ ލިބިފަ އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...