އިޒްރާއެލް އޭރޯސްޕޭސް އިންޑަސްޓްރީސް (އައިއޭއައި) އިން ކުޑަ ކޮކާލެއްގެ ބައްޓަމަށް ޖާސޫސީ އުޅަނދެއް ތައްޔާރުކުރަމުންދާކަމަށް އިޒްރޭލުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ.
މި ޖާސޫސީ އުޅަނދުގެ އެހީގައި ދުރުރާސްތާ ހިސާބުތަކުންވެސް ޖާސޫސީ މަޢުލޫމާތު ހޯދޭނެކަމަށް އައިއޭއައި އިން އުންމީދުކުރެއެވެ. މިއުޅަނދުގެ ބަރުދަނަކީ އެންމެ 20 ގްރާމްއެވެ. އަދި ހެލިކޮޕްޓަރެއް ފަދައިން އުދުހުމުގެ ކުޅަދާނަކަން މިއުޅަނދަށް ލިބިގެންވެއެވެ.
އިޒްރޭލުން އަލަށް ތަރައްޤީކުރަމުން އަންނަ މިއުޅަނދު ކޮންޓްރޯލްކުރަނީ ޚާއްސަ ހެލްމެޓެއްގެ އެހީގައެވެ. އަދި މިއުޅަނދުން ޖާސޫސް ކުރާ ތަންތަނުގެ ކުލަ ފޮޓޯ ނެގުމުގައި ޤާބިލިއްޔަތުކަން ލިބިފައިވެއެވެ.
"މި ހެލްމެޓް އެޅުމުން، އެއުޅަނދުގެ ކޮކްޕިޓްގައި ހުރުމާއި އެއްފަދަވާނެ. އަދި އޭރުން އުޅަނދުގެ ނަޒަރު ހިނގާ ކޮންމެ ތަނެއް ފެންނާނެ. ބޭނުން އުސްމިނެއްގައި އަދި ބޭނުން ދުރުމިނަކަށް އުދުއްސުމުގެ ކޮންޓްރޯލް އޮންނާނެ. އަދި ހުރިހާ މަންޒަރެއް ވަގުތުން ފެންނާނެ،" އައިއޭއައިގެ މިނީ-ރޮބަޓިކްސް ޑިޕާޓްމަންޓްގެ އިސްވެރިޔާ ޑޫބީ ބިންޔާމީނީ ބުނެފައިވެއެވެ.
އިޒްރޭލުގެ އިސްތިޢުމާރީ ދައުލަތުންނާއި، އެމެރިކާ އަދި އީރާނުފަދަ ޤައުމުތަކުން މިފަދަ އުޅަނދުތަކާއި އަސްކަރީ ހަތިޔާރުތައް އުފައްދަމުންދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...