ރާއްޖޭގެ ޚަބަރު ބައްޕަ މަރާލި ޤާޠިލުން ކިބައިން ބޭނުންވަނީ މަރަށް މަރުކަމަށް ވާރިޘުން ބުނެފި

ބައްޕަ މަރާލި ޤާޠިލުން ކިބައިން ބޭނުންވަނީ މަރަށް މަރުކަމަށް ވާރިޘުން ބުނެފި

ބައްޕަ މަރާލި ޤާޠިލުން ކިބައިން ބޭނުންވަނީ މަރަށް މަރުކަމަށް ވާރިޘުން ބުނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނަޖީބުގެ ހަށީގަނޑު ސަހަރާއަށް ގެންދަނީ-- ފޮޓޯ: ސީއެންއެމް

ޤާނޫނީ ވަކީލް އަޙްމަދު ނަޖީބު އަވަހާރަކޮށްލި ކަމަށް ޝަރީޢަތުގައި އިޢުޠިރާފުވެފައިވާ ޤާތިލުން ކިބައިން ބޭނުންވަނީ 'މަރަށް މަރު' ހިފަން ކަމުގައި ނަޖީބުގެ އަށް ވާރިޘުންގެ ތެރެއިން ހަ ވާރިޘުން ބުނެފިއެވެ.

ރޭ ކްރިމިނަލް ކޯޓްގައި އޮތް ޝަރީޢަތުގެ މަޖިލީހަށް ހާޟިރުވި ހަވާރިޘުންނަށް ބައްޕަ އަވަހާރަކޮށްލި ޤާޠިލުން ކިބައިން ބޭނުންވަނީ ކޮންކަމެއްތޯ ކޮންމެ ކުއްޖަކާވެސް ސުވާލު ކުރެވުނެވެ.ހަ ވާރިޡުންވެސް ބުނީ ބޭނުންވަނީ މަރަށް މަރު ކަމަށެވެ. އޭރު ނަޖީބު އަވަހާރަކޮށްލި ދެމީހުން ޝަރީޢަތުގައި އަޑުއަހަން ތިބިއިރު ، އެމީހުން ކިބައިން ހާސްކަމެއް ފާހަގައެއް ކުރެވިފައެއް ނެތް ކަން ފާހަގަކުރެވެއެވެ.

ނަޖީބުގެ 8 ވާރިޘުންގެ ތެރެއިން ދެވާރިޘުން މާލޭގައި ނެތުމުގެ ސަބަބުން ޝަރީޢަތަށް ރޭގައި ހާޟިރެއް ނުވެއެވެ. މިދެވާރިޘުން ހޯދުމަށް ރޭ ކްރިމިނަލް ކޯޓުން ކޮށްފައިވާ އިޢުލާން މިމަހުގެ 10 ވަނަ ދުވަހަށް ހަމަވާނެ ކަމަށާއި އަދި އޭގެފަހުން މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމަށް ފަހު، އެމައްސަލައިގެ ޙުކުމް ކުރައްވާނެ ކަމަށް މަރުގެ މި މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވިއެވެ.

އަޙްމަދު ނަޖީބު އަވަހާރަކޮށްލާފައި ވަނީ އަތާއި ދެ ފައި ގޮނޑިއަކާ އެކު ޓޭޕުން ބަނދެ، މޫނާއި އަނގަމަތީގައި ވެސް ވަށައި ޖެހޭ ގޮތަށް ޓޭޕް އެޅުމަށް ފަހު ،ހަތަރު އިންޗީގެ ވަޅިއެއް ނަޖީބުގެ ކަރަށް ހަރައި ޓީޝާޓާއި އިސްޓާކީނެއް ކަރުގައި އޮޅައިލައިގެން މިމަހުގެ އެއްވަނަ ދުވަހުއެވެ.

ނަޖީބު އަވަހާރަކޮށްލި ކަމަށް އިޢުޠިރާފުވެފައި ވަނީ މ. މަސްރޫރާގެ އަޙްމަދު މުއްރަތާއި ށ. ގޮއިދޫ ރިހާބް، ފާތިމަތު ހަނާއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.