ދުނިޔެ ޔާސިރް އަރަފާތު އަވަހާރަކޮށްލާފައިވަނީ ޒަހަރުދީގެން- ރިޕޯޓް

ޔާސިރް އަރަފާތު އަވަހާރަކޮށްލާފައިވަނީ ޒަހަރުދީގެން- ރިޕޯޓް

ޔާސިރް އަރަފާތު އަވަހާރަކޮށްލާފައިވަނީ ޒަހަރުދީގެން- ރިޕޯޓް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

2004 ވަނަ އަހަރު އަވަހާރަވެފައިވާ ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު އަވަހާރަކޮށްފައިވަނީ ޕޮލޮނިއަމް ކިޔާ ވިހަ މާއްދާއެއް ދީގެންކަމަށް ސްވިޒަރލޭންޑުގައި ކުރެވިފައިވާ ލެބޯރަޓަރީ ތަޙްލީލްތަކުން ދައްކާކަމުގައި އަންގާރަދުވަހު އަލްޖަޒީރާއިން ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ހާމަކޮށްފިއެވެ.

މިތަޙްލީލްތައް ބިނާކުރެވިފައިވަނީ ޔާސިރު އަރަފާތު އަވާހަރިވި ޕެރިސްގެ މިލިޓަރީ ހޮސްޕިޓަލުން އަރަފާތުގެ އަނބިކަނބަލުން ސުހާއާއި ހަވާލުކޮށްފައިވާ ތަކެތިން ނަގާފައިވާ ބަޔޮލޮޖިކަލް ސާމްޕަލްތަކަކުންކަމަށް ޔުނިވަރސިޓީ އޮފް ލޯޒަންގެ އިންސްޓިޓިއުޓް އޮފް ރޭޑިއޭޝަން ޕިޒިކްސްގެ އިސްވެރިޔާ ފްރާންކޮއިސް ބޮޝާޑް އަށް ހަވާލާދީ އަލްޒަޖީރާއިން ޚަބަރުދީފައިވެއެވެ.

"އަޅުގަނޑުމެންގެ ތަޙްލީލްތަކުގެ ނަތީޖާއިން ދައްކާގޮތުގައި މިސާމްޕަލްތަކުގައި ގިނަ ޢަދަދެއްގެ ޕޮލޮނިއަމް ހުރި،" ބޮޝާޑް ބުނެފައިވެއެވެ.

ކްރެމްލިންއަށް ފާޑުވިދާޅުވަމުންގެންދިޔަ ރަޝިއާގެ ކުރީގެ ޖާސޫސެއްކަމަށްވާ އެލެކްޒެންޑަރ ލިޓްވިނެކޯ 2006 ވަނަ އަހަރު ލަންޑަންގެ ހޮޓަލެއްގައި މަރާލައިފައިވަނީ ޕޮލޮނިއަމް ބޭނުންކޮށްގެންނެވެ.

ބޮޝާޑްގެ މިނަޒަރިއްޔާ އިތުރަށް ޔަޤީންކުރުމަށް ފަސްދާނުލެވިފައިވާ އަރަފާތުގެ ހަށިގަނޑުން ސާމްޕަލްއެއް ކޮންމެހެން ބޭނުންވާކަމުގައި ހާމަކޮށްފައިވެއެވެ.

"ސުހާ އެކަމަނާގެ ފިރިކަލުން އަވަހާރަވުމުގެ ހަޤީޤަތް ދެނެވަޑައިގަތުމަށް ބޭނުންފުޅުވާނަމަ، އަޅުގަނޑުމިދެންނެވީ..އަރަފާތުގެ ފަސްދާނުލެވިފައިވާ ހަށިގަނޑުން ސާމްޕަލްއެއް. އަރަފާތު އަވަހާރަކޮށްލާފައިވަނީ ޒަހަރުދީގެންކަމަށްވާނަމަ ޕޮލޮނިއަމް ހިމެނެންޖެހޭނެ،" އޭނާ ބުނެފައިވެއެވެ.

ނޮބެލް ޕީސް ޕްރައިޒް ހާސިލްކުރައްވާފައިވާ އަރަފާތު އަވާހަރަވެފައިވަނީ 11 ނޮވެމްބަރ 2004 ވަނަ ދުވަހުއެވެ. އަރަފާތު އަވަހާރަކޮށްލައިފައިވަނީ ޒަހަރު ދީގެންކަމަށް، އަރަފާތުގެ ހާއްޞަ އެޑްވައިޒަރެއްކަމުގައިވާ އަބޫ ޝަރީފު މީގެކުރީގައި ހާމަކުރައްވާފައިވެއެވެ. އޭނާ މިހެން ހާމަކޮށްފައިވަނީ، އިނގިރޭސި ވިލާތުގެ މަތީ ފަންތީގެ ޓޮކްސިކޮލޮޖިސްޓުންތަކެއް ކުރި ތަހުލީލުތަކަކުން އެކަން ސާބިތުވުމުންކަމަށް އަބޫ ޝަރީފް ވިދާޅުވެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.