
ދުބާއީ ކުންފުންޏެއް ކަމަށްވާ ގަލްފު ކްރާފްޓް ލިމިޓެޑް ލިއެބިލިޓީގެ ފަރާތުން ރ.ކިނޮޅަހުގައި އަޅާ އާ މިސްކިތުގެ ބިންގާ އިއްޔެ އަޅައިފިއެވެ.
އިއްޔެ ހެނދުނު 10:30 ގައި އޮތް ރަސްމިޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވާ ދެއްވީ ގަލްފު ކްރާފްޓްގެ ޗެއަރމަން މުޙައްމަދު ޙުސައިން އަލްޝާލީ އާއި އެކުންފުނީގެ ޑިރެކްޓަރ ޑރ.މުޙައްމަދު ޙަމްދާން ޢަބްދުﷲ އެވެ. 530 މީހުންގެ ޖާގަ ހިމެނޭ މި މިސްކިތުގައި އަންހެނުންނަށް ވެސް ނަމާދު ކުރެވޭނެ ގޮތަށް ހުންނާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ރަށުގެ އާބާދީގައި 558 މީހުން އުޅޭ ކިނޮޅަހުގައި މިހާރު ވެސް ނަމާދު ކުރުމަށް 3 މިސްކިތް ހުރެއެވެ. އެތަނުން އެއް މިސްކިތަކީ އަންހެނުންނަށް ޚާއްޞަ ތަނެކެވެ. ނަމަވެސް މި މިސްކިތަށް ނަމާދަށް އަރާ އުޅެނީ ދެތިން މީހެކެވެ. ރަމަޟާން މަހު ތަރާވީސް ކުރާއިރު އާއި ޢީދު ނަމާދު ފަދަ ގިނަ ބަޔަކު ކުރާ ނަމާދުތަކުގައި ރަށުގެ މިހާރު ހުރި ހުކުރު މިސްކިތުގެ ޖާގަ ފުރެއެވެ.އަލަށް އަޅާ މިސްކިތް ނިމެ، ބޭނުން ކުރަން ފެށުމުން މިކަން ހައްލުވާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...