ދިއިސްލާމް ކީރިތި ޤުރުއާން އަންދާލި އެމެރިކާގެ ސިފައިންނަށް އަދަބު ލިބޭނެކަމުގައި އެމެރިކާއިން ބުނެފި

ކީރިތި ޤުރުއާން އަންދާލި އެމެރިކާގެ ސިފައިންނަށް އަދަބު ލިބޭނެކަމުގައި އެމެރިކާއިން ބުނެފި

ކީރިތި ޤުރުއާން އަންދާލި އެމެރިކާގެ ސިފައިންނަށް އަދަބު ލިބޭނެކަމުގައި އެމެރިކާއިން ބުނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާރޗް 2 ގައި ޕާކިސްތާނުގައި ކުރިއަށްދިޔަ މުޒާހާރާއެއްގެ ތެރެއިން

އަފްޣާނިސްތާނުގައި އުޅޭ އެމެރިކާ ލަސްކަރުގެ ސިފައިން ކީރިތި ޤުރުއާން އަންދާލުމާއި ގުޅިގެން އެޤައުމުގެ މުސްލިމުން ވަނީ މުޒާހަރާ ކޮށް ބޮޑެތި ހަމަ ނުޖެހުންތަކެއް ހިންގާފައެވެ. އަދި އެމީހުންނަށް ހައްގު އަދަބު ދޭން ޖެހޭނެކަމުގައި ބުނެފައެވެ. ނަމަވެސް އެމެރިކާއިން ބުނަނީ އެއީ އެމީހުން ކުރީ ޤާނޫނީ ކުށެއް ކަމުގައި ގަބޫލު ނުކުރާކަމަށާއި އެއީ އަހްލާގީ މައްސަލައެއްކަމުގައެވެ.

ޔޫއެސް އާރމީގެ ފަރާތުން ވާހަކަ ދައްކަމުން ޖޯޖް ރައިޓް ބުނެފައި ވަނީ މިހާރު މިކަމުގައި ބައިވެރިވާ 11 ސިފައިންގެ މައްސަލަ ނިއްމައިފައި ވާކަމަށާއި އަދި ޕެންޓަގަންއަށް ފޮނުވައިފައި ވާނެކަމުގައެވެ. އެމީހުންނަށް އަދަބެއް ގެ ގޮތުގައި މި ރިޕޯޓްތަކުގައި ހިމަނާފައި ވަނީ އިތުރު ޑިއުޓީ ނެގުންމެވެ. މިއަހަރު ކުރީ ކޮޅު އަފަޣާނިސްތާނުގެ ބަގްރާމް ސިޓީގައި އެމެރިކާ ސިފައިން ހިންގި މި ނުބައި ނުލަފާ އަމަލްގެ ސަބަބުން މުސްލިމުން ވަނީ ރުޅި ގަދަވެ ހަމަނުޖެހުން ހިންގާފައެވެ. އަދި މިކަމުގެ ތެރޭގައި 40 މީހުން މަރުވެ 4 އެމެރިކާ ސިފައިން މަރުވިއެވެ. އަދި އެމެރިކާގެ ރައީސް ބަރަކް އޮބާމާ މާފް އަށް އެދެން ޖެހޭނެ ކަމުގައި ބުނެފައިވެއެވެ.

މިއީ އެމެރިކާ ސަފައިން ކީރިތި ޤުރުއާން އަންދާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް ވަނީ އަފްޣާނިސްތާން އަދި އެހެން ޤައުމުތަކުގައި މިފަދަ އަމަލުތަށް ހިންގާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.