
މާލޭ މަގުމަތި، ބަދު އަޚްލާޤީ ޢަމަލު ކުރި ކަމަށް ޝައްކު ކުރެވޭ 7 ބިދޭސީއަކު ފުލުހުން ހައްޔަރު ކޮއްފައިވޭ | ދިއިސްލާމް ފައިލް ފޮޓޯ
މާލޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.
މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރޭއިރާކޮޅު ވަގުތެއްގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މއ.ރައުހާ އިންނެވެ.
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަންގްލަދޭޝްގެ ރަތްޔިތުންތަކެއް ކަމަށްވާ 5 ފިރިހެނުންނާއި 3 އަންހެނުން ކަމަށް ފުލުހުން ހާމަކުރެ އެވެ.
މިމައްސަލައާއި ގުޅިގެން އެގޭގެ ކޮޓަރިތައް ބަލައި ފާސްކުރިއިރު ބަދުއަޚްލާގީ ޢަމަލު ހިންގުމަށް ބޭނުންވާ ތަކެއްޗާއި ގިނައަދަދެއްގެ ދިވެހި ފައިސާ އާއި ބޭރު ފައިސާ ވަނީ ފެނިފަ އެވެ.އަދި މިފައިސާތަކަކީ މުޅިންވެސް ބަދުއަޚްލާގީ އަމަލު ހިންގައިގެން ހޯދާފައިވާ ފައިސާކަމަށް ފުލުހުންވަނީ ޔަޤީން ކޮށްދީފަ އެވެ
ކުއްޔަށްދީގެން ހިންގާ މިފަދަ ތަންތަން މަލޭގައި އިތުރުވެފައިވާތީ ތަންތަން ކުއްޔަށް ދިނުމުގައި ކުއްޔަށް ދޭ ފަރާތްތަކަކީ ކޮންކަހަލަ ބައެއްކަން ރަނގަޅަށް ހޯދުމަށްފަހު ތަންތަން ކުއްޔަށް ދިނުމަށްވެސް ފުލުހުންވަނީ ގޮވާލާފަ އެވެ.
މީގެ ދެދުވަސް ކުރިންވެސް މާލޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުަރަމުންދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް 9 މީހަކު ވަނީ ގެންގޮސްފައެވެ.ކުރީގެ ސަރުކާރު ބަދަލުވުމަށް ފަހު މިހާތަނަށް ބަދު އަޚްލާޤީ ޢަމަލު ހިންގާ ކަމުގެ ތުހުމަތުގައި 9 ތަނެއް މީގެ ކުރިންވެސް ފުލުހުން ބަންދުކޮށްފައިވެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...