ޔޫރަޕު ޔޫރޯ-2012 އާއި ދެކޮޅަށް ޔޫރޯ ބާއްވާ ޕޮލެންޑްގައި އެތައްސަތޭކަ މީހުން މުޒާހަރާ ކޮށްފި

ޔޫރޯ-2012 އާއި ދެކޮޅަށް ޔޫރޯ ބާއްވާ ޕޮލެންޑްގައި އެތައްސަތޭކަ މީހުން މުޒާހަރާ ކޮށްފި

ޔޫރޯ-2012 އާއި ދެކޮޅަށް ޔޫރޯ ބާއްވާ ޕޮލެންޑްގައި އެތައްސަތޭކަ މީހުން މުޒާހަރާ ކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޕޮލޭންޑާއި ޔޫކުރޭންގައި މިހާރު ކުރިއަށްދާ "ޔޫރޯ-2012 ފުޓުބޯޅަ ޗެމްޕިއަންޝިޕް"އާއި ދެކޮޅަށް މުބާރާތް ކުރިއަށްދާ އެއްގައުމުކަމުގައިވާ ޕޮލެންޑްގައި އެތައް ސަތޭކަ މީހުން ނިކުމެ މުޒާހަރާ ކޮށްފިއެވެ. މި މުޒާހަރާގައި ބައިވެރިން، "ބްރެޑްސް ނޮޓް ގޭމްސް" އޭ ކިޔައި އަޑުގަދަ ކުރި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މުބާރާތަށް މާގިނަ ޙަރަދު ކުރަނީކަމަށް ބުނެ، ޕޮޒްނާންގައި މިދިޔަ އާދިއްތަ ދުވަހު ފެށި ޔޫރޯ-2012 އާއި ދެކޮޅަށް، ފައްސަތޭކައެއްހާ މީހުން ނުކުމެ މުޒާހަރާ ކޮށްފިއެވެ.
މި މުޒާހަރާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަޓަރޒީނާ ޒާނޮޓާ ބުނާ ގޮތުގައި "އަހަރުމެން މި މުޒާހަރާ ކުރަނީ މިހާރު ކަންތައްތައް ވަމުންދާ ގޮތުންނެވެ. މިހާ ބޮޑު ހީނަރުކަމެއްގެ ތެރޭގައި ވަނިކޮށް، އަދި ޤައުމުގެ ބޯހިޔާވަހިކަމަށް ހޭދަކުރާވަރު ދުވަހެއް ދުވަހަކަށް ދަށްވަމުން ދާއިރު، ފުޓުބޯޅަ މުބާރާތް ބޭއްވުމަށް މިލިޔަނުން ހޭދަކުރާ" ކަމަށެވެ.

ޕޮލޭންޑް، ޔުކްރެއިންއާ ގުޅިގެން މިބާއްވާ މުބާރާތް ފެށުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހު ޕޮލޭންޑްގެ ވެރިރަށް، ވާސޯގައި ކުޅުނު މެޗުގައި ބައްދަލުކޮށްފައިވަނީ، ޕޮލޭންޑާއި، ގްރީކެވެ. ޤައުމުގެ މަދުބަޔަކު މި މުބާރާތާއި ދެކޮޅަށް ނުކުމެފައިވާކަން އެދުވަހުވެސް ފާހަގަ ކުރެވުނެވެ.

އެހެންނަމަވެސް ޕޮލެންޑާ ޚިލާފަށް ޔުކްރެއިންގައި، އިދިކޮޅު މީހުންގެ ލީޑަރ އަދި ކުރީގެ ޕްރައިމް މިނިސްޓަރ، ޔޫލިއާ ތިމޮޝެންކޯ ހައްޔަރު ކޮށްފައިވުމުގެ ސަބަބުން މި މުބާރާތާ މެދު ހިތްހަމަ ނުޖެހޭމީހުން އެޤައުމުގައި ގިނަވެގެންދިޔައެވެ. ގިނަ ކުށްތަކެއް ކޮށްފައި ހުރުމުގެ ސަބަބުން، އޮކްޓޯބަރ 2011 ގައި ޔުކްރެއިންގެ ކޯޓުން ތިމޮޝެންކޯއަށް ވަނީ ހަތް އަހަރަށް ޖަލަށްލުމަށް ޙުކުމެއް ކޮށްފައެވެ. އޭނާ ކޮށްފައިހުރި ކުށްތަކުގެ ތެރޭގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ، 2009ގައި ރަޝިޔާއާއި އެކު ގޭހުގެ އެއްބަސްވުމެއްގައި ސޮއެކޮށްފައިވުން ހިމެނެއެވެ. ނަމަވެސް ޖަލުގެ ގާރޑުން އިހާނެތިކޮށް ކަންތައް ކުރާކަމަށް ބުނެ އޭޕްރިލް 20 އިން ފެށިގެން އޭނާ ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ގައެވެ. މުބާރާތް ކުރިޔަށް ދާ ދެ ޤައުމުގައި މުޒާހަރާތައް ކުރުމުގެ ސަބަބުން، ޔޫރޯޕިއަން އޮފިޝަލުން ތެރެއިން އިސް ބޭފުޅުންގެ އިތުރަށް އީޔޫ ގެ ބައެއް ސަރުކާރުތައް މިމުބާރާތް ބޭއްވުމަށް ދެކޮޅުހަދާ މަނާކުރި އެވެ. މީގެ ތެރޭގައި ޖަރުމަންގެ ސަރުކާރުވެސް ހިމެނެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.