އަފްޣާނިސްތާންގައި ހަރަކާތްތެރިވާ ނޭޓޯގެ ފައުޖުތަކުން ދިން ހަމަލާތަކެއްގައި އެޤަޢުމުގެ 17 މީހަކު މަރުވެއްޖެކަމަށް އަފްޣާނިސްތާނުން ހާމަކޮށްފިއެވެ.
މިހަމަލާއަކީ އަފްޣާނިސްތާނުގެ އުތުރުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ތާލިބާންގެ ސިފައިންނަށް ޢަމާޒުކޮށް ވައިގެމަގުން ދީފައިވާ ހަމަލާތަކެއްކަމަށް އެސަރަހައްދުގައި ދިރިއުޅެމުންދާ ރަތްޔިތުން ހާމަކުރެއެވެ.
އަފްޣާނިސްތާންގައި ހަރަކާތްތެރިވާ އަލްޖަޒީރާނޫހުގެ ޖާނަލިސްޓެއް ކަމަށްވާ "ބާރނަޑް ސްމިތް" ބުނެފައިވަނީ މިހަމަލާގައި ތާލިބާންގެ ހަގުރާމަވެރިންގެ އިތުރުން ޢާންމުންވެސް މަރުވެފައިވާ ކަމަށެވެ.އަދި އޭގެތެރޭގައި ކުޑަކުދިންނާއި، އަންހެނުންވެސް ހިމެނޭކަމަށް ބާރނަޑް ހާމަކޮށްފައިވެއެވެ.
"މި ހަމަލާތަކުގައި ތާލިބާންގެ 6 ސިފައިން ފިޔަވައި ދެން މަރުވެފައިވަނީ ޢާންމު ރަތްޔިތުން" ބާނަރޑް ހާމަކުރިއެވެ.
މި ހަމަލާތަކާއި ގުޅިގެން ނޭޓޯގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިހަމަލާތަކުގައި އެއްވެސް މީހަކު މަރުވެފައި ނުވާނެކަމަށާއި އެހަމަލާތަކުގައި 2 މީހަކަށް ކުޑަވަރެއްގެ އަނިޔާއެއް ލިބުނު ނަމަވެސް އިތުރު އެއްވެސް ގެއްލުމެއް ލިބިފައި ނުވާނެ ކަމަށެވެ. އަދި މިހަމަލާތަކަކީ އަފްޣާނިސްތާންގައި ހަރަކާތްތެރިވާ ތާލިބާންގެ ލީޑަރުންނަށް އަމާޒުކޮށްދިން ހަމަލާތަކެއް ކަމަށްވެސް ނޭޓޯގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރ ގޮއްވާލި ކަމަށް ބުނެ އެމެރިކާއިން އަފްޣާނިސްތާންގެ ތާލިބާނުންނާއި ދެކޮޅަށް ހަގުރާމަ އިޢުލާންކުރިފަހުން އަދި މިހާތަނާއި ޖެހެންދެންވެސް އެޤަޢުމުގައި ދިރިއުޅޭކަމަށް ބުނާ ޓެރަރިސްޓުން އެމެރިކާއާއި ނޭޓޯގެ ފައުޖުތަކަށް ނައްތާލުމަށް ވަނީ ނުކުޅެދިފައެވެ.
ސޯސް:އަލްޖަޒީރާ

ކޮމެންޓް (0)
ލޯޑް ކުރަމުން...