ިމިސްކިތު ހަފްތާ ފަންޑް ފާހަގަ ކުރުމަށްޓަކާ ކުރަންޖެހޭ ބައެއް މަސައްކަތްތައް ވޮލަންޓިޔަރ ކޮށް ކޮށްދެވޭނެ ބޭފުޅުންނަށް އަމާޒު ކޮށް މިއަދު 3:15 ގައި އިސްލާމީ މަރުކަޒުގައި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެފައިވަނީ މި ބައްދަލުވުމުގައި ވޮލަންޓިޔަރ ކޮށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން ކުރަންޖެހޭނެ މަސައްކަތްތައް ހާމަ ކުރެވޭނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިސްކިތްތަކަށް އެހީވުމަށް ފަންޑު ހޯދުމަށް އަންނަ ހުކުރު ދުވަހު މާލޭގެ ހުރިހާ މިސްކިތްތަކެއްގައިވެސް ފަންޑު ފޮށި ބަހައްޓާނެ ކަމަށެވެ.
ނަމަވެސް އެހީ ދޭން ބޭނުންވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީގައި ހުރި ފަންޑު ފޮއްޓަށް މި މަހުގެ 12 ގެ ނިޔަލަށް ފައިސާ ޖަމާކުރެވޭނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މިސްކިތްތަކަށް އެހީވުމަށް އެކައުންޓް ނަމްބަރެއްވެސް ކުރިއަށް އޮތް ހަފުތާގައި އިއުލާންކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ހާމަ ކޮށްފައެވެ.
މި ފަންޑުން ލިބޭ ފައިސާ ޚަރަދު ކުރާނީ މާލެ އާއި ރަށްރަށުގެ މިސްކިތްތައް ރޯދަ މަހަށް ހާއްސަކޮށްގެން މަރާމާތުކޮށް ކުލަލައި ރީތިކުރުމަށް ކަމަށް ވެސް މިނިސްޓްރީއިން ވަނީ ހާމަ ކުރައްވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...