ދުނިޔެ ޔަމަނުގައި ޝީޢީންނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި އިއްޔެ ގިނަ ބަޔަކު މަރާލައިފި

ޔަމަނުގައި ޝީޢީންނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި އިއްޔެ ގިނަ ބަޔަކު މަރާލައިފި

ޔަމަނުގައި ޝީޢީންނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި އިއްޔެ ގިނަ ބަޔަކު މަރާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އީރާނުގެ އިޘްނަ އަޝަރިއްޔާ ސަރުކާރުގެ ނުފޫޒުގެ ދަށުން ޔަމަނުގައި ޝީޢީ ރާފިޟީ މަޒްހަބުގެ ހަންފަތުރަމުން އަންނަ ޓެރަރިސްޓް ޖަމާޢާތެއް ކަމުގައިވާ ޙޫޘީންނާއި ދެކޮޅަށް ޔަމަނުގެ ސުންނަތް ޖަމާޢަތުން ކުރަމުން އަންނަ ހަނގުރާމައިގައި އިއްޔެ ޙޫޘީންގެ 20 މީހުން މަރާލައިފިއެވެ.

ޙޫޘީ ޖަމާޢަތުން ޔަމަނުގެ ދައްމާޖު ހިޞާރުކޮށް އެއަވަށުގެ ކުޑަކުދިންނާއި މުސްކުޅިން މަރައި އެންމެ ފަހުން ޔަމަނުގެ ސުންނަތް ޖަމާޢަތުގެ މަޝްހޫރު ޢިލްމުވެރިޔާ ޝައިޚް ޔަޙްޔާ އަލްޙަޖޫރީ ވަނީ ދިފާޢުގައި ޖިހާދުކުރުމަށް އިއުލާންކުރައްވާފައެވެ. އަދި ހަމައެއާއި އެކު ސައުދީ ޢަރަބިއާގެ ފުންނާބު އުސް ގިނަ ޢިލްމުވެރިންވެސް ވަނީ ޔަމަނުގައި ތިބި މުސްލިމު އަޚުން ދިފާޢުގައި ހޫޘީންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ގޮވާލައްވާފައެވެ.

މިހަނގުރާމައިގައި ޝީޢީންގެ އަތްގަދަކޮށްފައިވާ ގިނަ ތަންތަން މިހާރުވަނީ ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ ބާރުގެ ދަށަށް ގެނެސްފައެވެ. މިދިޔަ އާދީއްތަ ދުވަހު ދެބައިމީހުންގެ ދެމެދުގައި ވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައެވެ. މިކުރިމަތިލުންތަކުގައި ޝީޢީންގެ 45 މީހުންވަނީ މަރާލައިފައެވެ.

މީގެ ދެތިން ހަފްތާކުރިން ދައްމާޖުގެ ދާރުލް ޙަދީޘްގައި ދީނީ ތަޢުލީމް އުނގެނެމުންދާ ދެ ދަރިވަރުން ސަޢަދާގެ ބޭރުން ދަތުރުކުރަނިކޮށް ޙޫޘީންވަނީ އެދެދަރިވަރުންނަށް ހަމަލާދީ އެދެދަރިވަރުން ޝަހީދުކޮށްލާފައެވެ. އަދި ޝަހީދުކޮށްލުމަށްފަހު އެދެދަރިވަރުންގެ ޖީބުގައިވާ ޤުރްއާން މުސްހަފަށް ފައިން އަރައި ޤުރްއާނުގެ ޙުރުމަތްކަނޑާ އެނުބައި ޖަރީމާ ވީޑިއޯކޮށްފައެވެ.

ޔަމަނުގެ ސުންނީންގެ ދީނީ ތަޢުލީމްދޭ މަރުކަޒުތަކަށް ހަމަލާދީ ޤުރްއާން ގެ ޙުރުމަތްކަނޑާ މިފަދަ ނުބައި ޢަމަލުތައް ހިންގުމަކީ އެއީ ޙޫޘީ ޖަމާޢާތުން ވަރަށް އާންމުކޮށް ކުރަމުން އަންނަ ކަންތައްތަކެވެ. މިޖަމާޢަތުން ޤަބޫލު ކުރާގޮތުގައި މާތް ﷲ ރުއްސުންލެއްވިގެންވާ ޢަލީގެފާނަކީ އިލާހެކެވެ. އަދި އެމީހުން ޤަބޫލުކުރާގޮތުގައި ކީރިތި ޤުރްއާންވަނީ ބަދަލުކުރެވިފައެވެ.

ޚަބަރުލިބިފައިވާގޮތުގައި ޔަމަނުގެ ސަރުކާރުން ޙޫޘީ ޖަމާޢަތުން ޔަމަނުގެ ސަރަހައްދުތަކުން އެމީހުންގެ ފަސާދަ ހުއްޓާލުމަށްވަނީ 50 ދުވަހުގެ މުހުލަތެއްދީފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.