ހަމައެކަނި އަޅުކަން ކުރާ ތަނެއް ކަމުގައި މި ދުނިޔެ މަތީގައިވާ މާތް ﷲ ގެ ގެކޮޅު މިސްކިތްތައް ހަދައިގެން ނުވާނެ"ކަމަށް އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ".
ޝައިޚް ޢަލީ ޒާހިރު މިހެން ވިދާޅުވީ ކޮންމެ ބުދަ ދުވަހެއްގެ ރޭ ރޭޑިއޯ އެޓޯލްއިން ގެނެސްދޭ "ހަނދުމަ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑުމެން މުޖުތަމައުގެ ގިނަމީހުން ދެކެނީ މިސްކިތަކީ ހަމައެކަނި ނަމާދު ކުރަން ޖެހޭ ތަނެއް ކަމަށާއި ނަމަވެސް މިސްކިތްތަކުގައި ޤްރުއާން ކިޔެވުމާއި ދަރުސް ދިނުމާއި އަދި ކެއުމާއި ބުއިމަކީ ވެސް ހުއްދަކަމެއް" ކަމެއް ކަމަށާއި "މިއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުން ޘާބިތުކަމެއް" ކަމުގައި ޝައިޚް ވިދާޅުވިއެވެ.
މިއަދު ބައެއް ޢިލްމުވެރިން ކަންކަމުގައި އެއްވެސް ގޮތަކަށް ބަސް ނުބުނެ ތިބޭކަމަށާއި، އަދި ބައެއް ޢިލްމުވެރިން ބަސް ބުނުއްވާ ގޮތަކުން މުޖްތަމަޢުއަށް ނޭދެވޭ އަޘަރު ކުރަކަމާއި މިކަމުގައި ކަންކުރުން ރަނގަޅު ގޮތަކީ ކޮބައިތޯ އެހުންތެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ޢީލްމްވެރިންނަށް ޙައްޤު އެނގޭނެކަމަށާއި ޙައްޤު ފޮރުވުމުން ލިބޭނެ ޢަޛާބުވެސް އެނގޭނެކަމަށެވެ. އަދި ޢިލްމުވެރިންނަކީ ނަބީ ބޭކަލުންގެ ޥާރިޘުން ކަމަށް ޙަދީޘްގައި ބަޔާން ވެގެންވާ ކަމަށާއި ޢިލްމުވެރިންނަކީ މާތް ބަޔެއް ކަމަށާއި އެބޭފުޅުންގެ ފަރާތްޕުޅުން ކުށެއް ފެނުމުން އެކަން ވަންހަނާ ކުރުމަށް ޝައިޚް ނަޞޭޙަތްތެރިވިއެވެ.
"ހަނދުމަ" ޕްރޮގްރާމަކީ މުސްލިމުންގެ ގުޅުމާއި ރޭޑިއޯ އެޓޯލް ގުޅިގެން ކޮންމެ ބުދަ ދުވަހެއްގެ ރޭ ގެނެސްދޭ ލައިވް ޕްރޮގްރާމެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...