ދިއިސްލާމް ހުސްނީ މުބާރަކް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ހުސްނީ މުބާރަކް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ހުސްނީ މުބާރަކް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުބާރަކަށް ކޯޓުން ހުކުމް ޢިއްވަނީ، ފޮޓޯ:ބީބީސީ

މިދިޔަ އަހަރު މިސްރުގައި ކުރިޔަށްދިޔަ މުޒާހަރާތަކާއި ގުޅިގެން  އެޤަޢުމުގެ އެތައްސަތޭކަ ބަޔަކު މަރާލާފައިވާކަމަށް ސާބިތު ވާތީ މިސުރުގެ ކުރީގެރައީސް ހުސްނީ މުބާރަކް ޢުމުރަށް ޖަލަށްލުމަށް ކޯޓުން ޙުކުމް ކޮށްފިއެވެ.

ޙުސްނީ މުބާރަކާއި މެދު މިފަދައިން ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރު އެޤައުމުގެ ރައްޔިތުން ނުކުމެ 18 ދުވަސް ވަންދެންކުރި މުޒާހަރާތަކުގައި 900 މީހުން މަރާލުމުގައި ހުސްނީ މުބާރަކްގެ ދައުރުއޮތްކަމަށް ސާބިތުވެފައިވެފައިވާތީކަމަށް އަލްޖަޒީރާއިން ހާމަކުރެއެވެ

މުބާރަކްގެ އިތުރުން އޭނާގެ ސަރުކާރުގެ އިންޓީރިއާ މިނިސްޓަރު ޙަބީބް އަލްޢަދްލީ މައްޗަށްވެސް ޢުމުރަށް  ޖަލަށްލުމަށް ވަނީ ޙުކުމް އިއްވާފައިވެއެވެ.

ޙުސްނީ މުބާރަކްއަށް މިޙުކުމް އިއްވުމުން މިސުރުގެ އެކިހިސާބުތަކުގައި މިހާރު ދަނީ އެކަމާއި އުފާފާޅުކުރަމުންނެވެ.

ހުސްނީ މުބާރަކް ވަނީ މިސްރުގެ ކުރީގެ ރައީސް އަންވަރު ސާދާތުގެ ވެރިކަން އިންގިލާބަކުން ވައްޓާލުމަށްފަހު 30 އަހަރު އެޤަޢުމުގައި ވެރިކަން ކޮށްފައެވެ.މުބާރަކްގެ ވެރިކަން ވެއްޓިފައިވަނީ މިދިޔަ އަހަރު އެޤަޢުމުގެ ގިނަ ރަތްޔިތުންތަކެއް މުބާރަކާއި ދެކޮޅަށް ކުރަން ފެށި ސިލްސިލާ މުޒާހަރާ ތަކެއްގެ ސަބަބުންނެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.