ސޫރިޔާގައި ހިގަމުންދާ ދާޚިލީ ހަގުރާމައިގައި ރަޝިޔާއިން ގެންގުޅެމުންދަނީ ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތެއް ކަމަށް ރަޝިޔާގެ ރައީސް ލާޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.
ޖަރމަންގެ ޗާންސެލަރ އެންޖެލާ މާކެލް އާއި އެކު ބޭއްވި ނިވްސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވެފައިވަނީ ސޫރިޔާގެ މަޝްރަހު ހައްލުކުރުމަށް އ.ދ ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން އަށް ބައިނަލް އަޤްވާމީ މުޖްތަމަޢުން ތާޢީދު ކުރައްވަންޖެހޭނެކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންނާއި ސޫރިޔާ އާއި ދެގައުމަކީ ވަރަށް ދުވަސްވީ ރަގަޅު ގުޅުންތަކެއް އޮތް ދެޤަޢުމު.އެހެންނަމަވެސް މިދާޚިލީ ހަގުރާމައިގައި ވަކިފަރާތަކަށް ބުރަވުން އެއީ އަޅުގަނޑުމެންގެ ސިޔާސަތެއްނޫން" ޕުޓިން ވިދާޅުވިއެވެ.
މީގެ އިތުރުން ރަޝިޔާއިން ސީރިޔާގެ ސަރުކާރަށް ހަތިޔާރު ފޯރުކޮށްދޭކަމުގެ ބުނެ މީޑިޔާތަކުން ކުރަމުންދާ ތުހުމަތުތަކަކީ ދޮގު ތުހުމަތު ތަކެއްކަމަށްވެސް ޕުޓީން ވަނީ ވިދާޅުވެފައެވެ.
ސީރިޔާގެ ސަރުކާރަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށްބުނެ އެމެރިކާއިންވެސް މީގެ ކުރިންވަނީ ރަޝިޔާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...