އެމެރިކާ އެމެރިކާގައި ބަދުއަހްލާގީ އަމްލު ހިންގާ ފާދިރީންނަށް 20،000 ޑޮލަރު ދީފަ ވަޒީފާއިން ވަކިކުރަނީ

އެމެރިކާގައި ބަދުއަހްލާގީ އަމްލު ހިންގާ ފާދިރީންނަށް 20،000 ޑޮލަރު ދީފަ ވަޒީފާއިން ވަކިކުރަނީ

އެމެރިކާގައި ބަދުއަހްލާގީ އަމްލު ހިންގާ ފާދިރީންނަށް 20،000 ޑޮލަރު ދީފަ ވަޒީފާއިން ވަކިކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޓިމޮޓީ ފާދިރީ

އެމެރިކާގެ ނިއުޔޯކް ސިޓީގެ ކުޑަކުދިންނާއިއެކީ ބަދުއަހްލާގީ އަމަލު ހިންގާ ފާދިރީނަށް 20،000 އެމެރިކާ ޑޮލަރު ދެއްކުމަށް ފަހު ވަޒީފާއިން ވަކިކޮށްފިއެވެ.

ޓިމޮޓީ ،އެމް ޑޮލާން އަކީ ހުރިހާ ފަޅިއަކާއި ހަވާލުވެގެން ހުންނަ އަދި ކުޑަކުދިންނާއި އެކީ ބަދުއަހްލާގީ އަމަލު ހިންގި ފާދިރީކެވެ. ޓިމޮޓީއަށް ފައިސާދިންކަން އޭނާ ވަނީ އިންކާރުކޮށްފައެވެ. ނަމަވެސް ނިއުޔޯކް ޓައިމްސް ފަދަ މަޝްހޫރު ނޫސްތަކުގައި ވަނީ ފަދިރީންނަށް ފައިސާ ދިންކަމުގެ ޑޮކިމެންޓުތަށް ޝާއިއުކޮށްފައެވެ. އަދި މިކަން ކޮށްފައި ވަނީ އެމެރިކާ ސަރުކާރުން ކަންވެސް ލިޔެފައިވެއެވެ.

އެމެރިކާގެ ވަރަށް ގިނަ ބައަކު ދަނީ މިކަމާއި ފާޑު ކިޔަމުންނެވެ. އަދި މި ފަދިރީންގެ ޝިކާރައަށް ވެފައިވާ ކުޑަކުދިންގެ ބެލެނިވެރިން ވަނީ މިކަމާއި ހިތްހަމަ ނުޖެހިގެން ފައްޅިތަކާއި ބެހޭ ވުޒާރާއަށް ސިޓީއެއް ވެސް ފޮނުވާފައެވެ. މިސިޓީގައި ލިޔެފައިވާ ގޮތުން މިފަދަ ފާހިޝް އަމަލް ކުރާ މީހަކަށް ދެން އޮތީ ކޮށް މަގާމެއް ދިނުންތޯ ލިޔެފައިވާއިރު މިއީ ކުދިންނަށް ޖިންސީ ގޯނާ ކުރާ ފާދިރީންނަށް ލިބޭ އާ ހިތްވަރެއްކަމަށް ވެސް ލިޔެފައި ވެއެވެ.

ފައްޅި ތަކުގައި މަސައްކަތް ކުރާ ފާދިރީންނަކީ ކުޑަކުދިންނާއި ޖިންސީ ގޯނާ ކުރުމުން މައްޝޫރު ކަން ހޯދާފައިވާ ބައެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.