
ފުރުގާން މިސްކިތުގައި އޮތް ދަރުސްއަށް ހުރަސް އެޅުމަށް އެމްޑީޕީ ބަޔަކު މަސައްކަތް ކުރި. ދިއިސްލާމް ފޮޓޯ: އަޝްވާގު
ދީނީ ދަރުސްތަކަށް ހުރަސް އެޅުމާއި މިސްކިތްތައް ހަރާބު ކުރުމަށް އެމްޑީޕީ އިން ހިންގަމުންދާ ޢަމަލުތަކަކީ އިސްލާމުދީނާ ދެކޮޅަށް އެޕާޓީން ހިންގަމުންދާ ޖަރީމާއެއް ކަމުގައި ޖުމްހޫރީ ޕާޓީއިން ބުނެފިއެވެ.
އިއްޔެ ، އެޕާޓިއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިސްކިތުގައި ރައްޔިތުންނަށް ދީނީ ކަންކަން އޮޅުންފިލުވާ ދެއްވުމަށް ޢިލްމުވެރިން ކުރައްވާ މަސައްކަތްޕުޅަށް ހުރަސް އަޅާ އަދި މިސްކިތް އެތެރޭގައި ހިންގާ ހަމަނުޖެހުން ތަކަކީ ކުރީގެ ނަޝީދުއަށް ތާއިދު ކުރާ އެމްޑީޕީ ގެ ފިކުރު ހުންނަ ބަޔަކު ކުރާ ކަމެއް ކަމަށާއި އެކަން ހަރުކަށި ޢިބާރާތުން ކުއްވެރި ކުރާކަމަށެވެ.
"ކުރީގެ ރައީސް ނަޝީދަށް ތައީދުކުރާ އެމްޑީޕީގެ އެކިފަރާތްތަކުން ފަހަކަށް އައިސް ހުކުރު ދުވަސް ދުވަހު ހުކުރުގެ ބަރަކާތްތެރި ޖަމާޢަތަށް ގޮސް ހަޅުތާޅު ހެދުމާއި ހުކުރު ނަމާދު ނިމިގެން ޒިކުރުކޮށް ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް)އަށް ސަލަވާތްކިއުމުގެ ބަދަލުގައި "އަންނި ހޮޕް ހޮޕް" ގޮވުން ފަދަ ގޮތްކުޑަ އަމަލުތައްކޮށްފައިވޭ. އަދި ހުކުރު ހުތުބާ ދެއްވުމަށް ފެއްޓުމުން މިސްކިތުން ފައިބާގެން ދިއުން ފަދަ ލާދީނީ އަމަލުތައް ވެސް ހިންގައިފައިވޭ،" ބަޔާނުގައިވެ އެވެ.
މީގެ އތުރުން އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ މިސްކިތްތަކުގައި ދަރުސް ދިނުން މަނާ ކުރުމާއި މާލޭގެ ބަޔެއް ބިންތައް ދަރުސް ދިނުމަށާއި އެއްވުންތަކަށް ދޫކުރުމަށް ، ސިޓީ ކައުންސިލުން ދެކޮޅު ހަދާފައިވާ ކަން ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭހިޔާ ކޮށީގައި ހުންނަ ވަގުތީ ފުރުޤާން މިސްކިތުގައި އައްޝައިޚް އިލްޔާސް ޙުސައިން ދަރުސް ދެއްވުމަށް އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ވަނީ ހުރަސްއަޅާ، ހަމަނުޖެހުން ހިންގާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...