ރާއްޖޭގެ ޚަބަރު ﷲގެ ދީނުގެ ޝިއާރުތައް ހުއްޓުވުމަށް އެއްވެސް ބަޔަކަށް ފުރުޞަތު ދެވިގެންނުވާނެ : އަދާލަތު

ﷲގެ ދީނުގެ ޝިއާރުތައް ހުއްޓުވުމަށް އެއްވެސް ބަޔަކަށް ފުރުޞަތު ދެވިގެންނުވާނެ : އަދާލަތު

ﷲގެ ދީނުގެ ޝިއާރުތައް ހުއްޓުވުމަށް އެއްވެސް ބަޔަކަށް ފުރުޞަތު ދެވިގެންނުވާނެ : އަދާލަތު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދަރުސް ބާއްވަމުން ދިޔައިރު ބަޔަކު ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރަނީ | ދިއިސްލާމް ފޮޓޯ: އަޝްވާޤް

މިސްކިތްތަކުގައި ﷲގެ ދީނުގެ ޝިއާރުތައް ފާޅުކުރުން ހުއްޓުވުމަށް އެއްވެސް ބަޔަކަށް ފުރުޞަތު ދެވިގެން ނުވާނެކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

މާލޭހިޔާ ކޮށީގައި ހުންނަ ވަގުތީ ފުރުޤާން މިސްކިތުގައި ޝައިޚް އިލްޔާސް ހުސެއިން ރޭ ދެއްވި ދަރުސަށް ހުރަސްއެޅުމަށް  ބަޔަކު ހިންގި ހަމަނުޖެހުމާ ގުޅިގެން އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ  ރޭ ދަރުސް ދެއްވަނިކޮށް އެކަމަށް ހުރަސްއަޅައި ހަޑިހުތުރު އެއްޗެހި ކިޔައި ހަމަނުޖެހުން ހިންގި މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ރޭ އެޢަމަލު ހިންގާފައިވަނީ އެމްޑީޕިގެ ބައެއްކަމަށް އަދާލަތު ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ.

ރޭގެ ދަރުސަށް ހުރަސް އެޅި ފަސް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި މިހާރު ތިން މީހަކު ވަނީ ދޫކޮށްލައިފައެވެ.

ރޭގެ ދަރުސް އަޑުއެހުމަށް ވަރަށް ގިނަ ބަޔަކުވަނީ ފުރުޤާން މިސްކިތަށް ގޮސްފައެވެ.

“މަރު” މި މައުޟޫއަށް މިރޭވެސް އިޝާނަމާދަށްފަހު ފުރުޤާން މިސްކިތުގައި ދަރުސެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ޓެގް

މިސްކިތް ޝައިޚް އިލްޔާސް، ދަރުސް އިލްޔާސް އަދާލަތު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.