އެމެރިކާ ފޭސްބުކް "ފާރމް ވިލް" ނުކުޅެވިގެން 3 މަހުގެ ދަރިފުޅު މަރާލައިފި

ފޭސްބުކް "ފާރމް ވިލް" ނުކުޅެވިގެން 3 މަހުގެ ދަރިފުޅު މަރާލައިފި

ފޭސްބުކް "ފާރމް ވިލް" ނުކުޅެވިގެން 3 މަހުގެ ދަރިފުޅު މަރާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފޭސްބުކް "ފާރމް ވިލް" ނުކުޅެވިގެން 3 މަހުގެ ދަރިފުޅު މަރާލައިފިއެވެ.

އެމެރިކާގެ ފްލޮރިޑާގެ އުމުރުން 22 އަހަރުގެ އެލެކުސްޑެންރާ އޭނާގެ 3 މަހުގެ ދަރިފުޅު މަރާލީ އެދަރިފުޅު ރޯވަރުން އޭނާ ފޭސްބުކްއިން ފާމްވިލާ ގޭމް ކުޅުމަށް ހުރަސް އެޅުމުންނެވެ. އަދި އޭނާގެ މިރަހުމް ކުޑަ އަމަލުގެ ސަބަބުން އޭނާގެ އުމުރުދުވަހަށް ޖަލަށް ލާން ޖެހޭނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެލެކުސްޑެންރާ ވަނީ އޭނާ މިކުށައް އިއުތިރާފް ވެފައެވެ. އޭނާ ފުލުހުންނަށް ކިޔާދިން ގޮތުގައި އޭނާ "ގޭމް ކުޅެމުން ދިޔައިރުގައި ދަރިފުޅު ހުއްޓާނުލާ ރުއިމުގެ ސަބަބުން ރުއިއައިސްގެން ދަރިޅުފު ދެފަހަރަކަށް ވަރަށް ބާރަށް ތަޅުވައިގަތުމުގެ ސަބަބުން ބޯ ތަނެއްގައި ޖެހި އަނިޔާވެގެން މަރުވީ"ކަމަށެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަޙްގީޤް ކުރަމުން އަދި އެލެކްސްޑެންރާއަށް އުމުރަށް ޖަލަށް ލުމުގެ ޙުކުމް އަންނާނެކަމުގައި ވަރަށް ޔަޤީން ކުރެވޭކަމުގައި ތަޙްޤީޤު ކުރާ ފަރާތްތަކުން ބުނެއެވެ. ފޭސްބުކްއިން ކުޅޭ ފާމް ވިލާއަކީ ދުނިޔޭގެ 75 މިލިޔަން މީހުން ކުޅޭ ގޭމްއެކެވެ. އަދި އެލެކްސްޑެންރާއަކީ މިކަމަށް ދެވިހިފައިވާ މީހެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.