ޔޫރަޕު ފިރިހެނުންނަށްވުރެ އަންހެނުން ފޭސްބުކަށް ދެވިހިފުން ގިނަ : ދިރާސާ

ފިރިހެނުންނަށްވުރެ އަންހެނުން ފޭސްބުކަށް ދެވިހިފުން ގިނަ : ދިރާސާ

ފިރިހެނުންނަށްވުރެ އަންހެނުން ފޭސްބުކަށް ދެވިހިފުން ގިނަ : ދިރާސާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސޯޝަލް ނެޓްވޯކެއް ކަމުގައިވާ ފޭސްބުކަށް ދެވިހިފާ އަންހެނުންގެ ނިސްބަތް ބޮޑުކަމުގައި ދިރާސާއަކުން ދައްކައިފިއެވެ.

ސައިކޮލޮޖިސްޓުން މިދިރާސާކުރީ ނޯވޭގެ ޔުނިވާސިޓީއެއްގެ ކިޔަވާ ކުދިންތަކެއްގެ މެދުގައެވެ. ހަމައެކަނި މިޔުނިވާސިޓީގައިވެސް 423 ކުދިންނަކީ މިކަމަށް ދެވިހިފައިވާ ކުދިންނެވެ. އަދި ބައިވެރިން ބުނިގޮތުގައި އެމީހުން ފޭސްބުކަށް ދެވިހިފައި ވަނީ މަސްތުވާތަކެއްޗަށް މީހުން ދެވިހިފާ ފަދައިންނެވެ.

މިދިރާސާއިން އިތުރަށް އެނގިގެން ދިޔަގޮތުގައި ފޭސްބުކްއާއި ނުލާ ނޫޅެވޭ ޒުވާނުންގެ ނިސްބަތް، ހަރު އުމުރުގެ މީހުންނަށްވުރެ ގިނައެވެ. އަދި މިކަމުގެ އެންމެ ބޮޑު އަސަރުކޮށްފައިވަނީ ޒުވާން އަންހެން ކުދިންނަށެވެ. އަދި މިކުދިން ފޭސްބުކްގެ ބޭނުން ބޮޑަށް ހިފަނީ އެކުދިންގެ ހާޔާތުގެ ވާހަކަތައް އެހެން މީހުންނާއި ހިއްސާކުރުން ފަސޭހަވެފައި ، ކޮންމެހެން އެކަކު އަނެކަކާއި ބައްދަލުނުކޮށްވެސް ބުނެލަން ބޭނުން ވާހަކައެއް ބުނެވޭތީކަމުގައި އެކުދިން ކިޔައިދިނެވެ.

ދިރާސާއިން ހާމަވާގޮތުގައި، ފޭސްބުކަށް ދެވިހިފުން އެންމެ ގިނައީ ހާސްކަމުގައާއި ފިކުރުކުރުމުގައި އުޅޭމީހުންނާއި އަދި ޒިންމާދާރުކަން ކުޑަ މީހުންނެވެ. ނަމަވެސް މިކަމަށް ދެވިހިފުން އެންމެ ދުރީ ތިމާގެ މުސްތަޤްބަލާއި މެދު ވިސްނާ އަދި ވަގުތުގެ ބޭނުން ހެޔޮގޮތުގައިހިފާ މީހުންނެވެ. އެފަދަ މީހުން ފޭސްބްކުގެ ބޭނުންހިފަނީ އެމީހުންގެ މަސައްކަތުގެ ލާބައާއި މަންފާއަށް ނުވަތަ އެމީހުން ހިއްސާކުރާ ތަފާތު މައުލޫމާތުގެ ސަބަބުން އެހެން މީހުންނަށް ފައިދާކުރާތީ ކަމަށް މިދިރާސާއިން ދައްކައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.