އެމެރިކާ ކުޑަދަރިފުޅުގެ އިނގިލި ނަރުހަކު ބުރިކޮށްފައިވާ ކަމަށް ބުނެ ފްލޮރިޑާ ހޮސްޕިޓަލާއި ދެކޮޅަށް މަންމަ ދައުވާކޮށްފި

ކުޑަދަރިފުޅުގެ އިނގިލި ނަރުހަކު ބުރިކޮށްފައިވާ ކަމަށް ބުނެ ފްލޮރިޑާ ހޮސްޕިޓަލާއި ދެކޮޅަށް މަންމަ ދައުވާކޮށްފި

ކުޑަދަރިފުޅުގެ އިނގިލި ނަރުހަކު ބުރިކޮށްފައިވާ ކަމަށް ބުނެ ފްލޮރިޑާ ހޮސްޕިޓަލާއި ދެކޮޅަށް މަންމަ ދައުވާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައިވީ ނައްޓާލުމުގެ ތެރޭގައި ނަރުހަކު ތިން މަހުގެ ކުޑަދަރިފުޅުގެ އިނގިލި ބުރިކޮށްލާފައިވާކަމަށް ބުނެ އެކުއްޖާގެ މަންމަ އެމެރިކާގެ ފްލޮރިޑާ ގެ ރީޖަނަލް މެޑިކަލް ސެންޓަރާއި ދެކޮޅަށް ދައުވާކޮށްފިއެވެ.

ވެރޮނިކާ އޮލްގަން ހާމަކޮށްފައިވާގޮތުގައި އޭނާގެ ދަރިފުޅު ސެލީނާ ވަރަށް ބޮޑަށް ހުންގަދަވުމުގެ ސަބަބުން ޑޮކްޓަރަށް ދެއްކުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގައެވެ. ސެލީނާ އެތަނުގައި އެނދުމަތިކޮށްފައި ބާއްވާފައިވަނީ 2 ދުވަހު ކަމަށާއި އަދި ތިން ވަނަދުވަހު ގެއަށް ފޮނުވާލުމަށްޓަކައި ނަރުހަކު އަވީ ނައްޓާލުމަށް އުޅުމުގެ ތެރޭގައި ސެލީނާގެ އިންގިލި ބުރިކޮށްލާފައިވާކަމަށް އޮލްގަން ބުނެފައިވެއެވެ.

"އޭނާ ކަތުރުން އައިވީ ހަރުކުރުމަށް ތަތްކޮށްފައިވާ ޓޭޕް ނައްޓާލުމުގެ ތެރޭގައި ސެލީނާގެ އިނގިލި ބުރިކޮށްލީ. އޭނާ އެކަން ކޮށްފައިވަނީ ވަރަށް ފަރުވާކުޑަކޮށް. ކަތުރު މިޖައްސަނީ ޓޭޕުގައި ކަމެއް ނުވަތު އެތުއްތު ދަރިފުޅުގެ އިނގީލީގައި ކަމެއް އެނަރުހަކަށް ނޭގުނު،" އޮލްގަން ނޫސްވެރިންނަށް ކިޔައިދިނެވެ.

"މުޅިތަނުގައި ހުރީ ލޭ. ސެލީނާގެ މުޅިހެދުމުގައި ހުރީ ލޭ، އަހަރެނެގް މުޅި ހެދުމުގައިވެސް ހުރީ ލޭ. ސެލީނާ ވަރަށް ރުއި،" އޭނާ އިތުރަށް ހާމަކުރިއެވެ.

އޮލްގަންގެ ވަކީލު ލޫ ޕެންޑާސް ނޫސްވެރިންނަށް މަޢުލޫމާތުދިން ގޮތުގައި އެ ނަރުހާއީ އަދި ހޮސްޕިޓަލް ކަންތައްކޮށްފައިވަނީ ވަރަށްވެސް ޒިންމާދާރުކުޑަގޮތަކަށްކަމަށެވެ.

"އޭނާ ގޮތްހުސެވެގެން ކަހަލަގޮތަކަށް ކަތުރު އެއްލާލައިފައި ހަޅޭއްލަވަމުން ކޮޓަރިން ނިކުމެގެން ދިޔައީ. އެހާ ހިސާބުން ޑޮކްޓަރުން އައީ. އިނގިލި އޮތީ ބިންމަތީގައި. އެމެރޖެންސީކޮށް އެތުއްތުކުއްޖާ ހެލިކޮޕްޓަރުގައި ޓަމްޕާ ޖެނެރަލް ހޮސްޕިޓަލްއަށް ގެންދިޔައީ،" ވަކީލު ހާމަކުރިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.