7.2 ގެ ބާރުގަދަ ބިންހެލުމެއް ޗިލީއަށްއަށް އަތުވެއްޖެއެވެ.
ޚަބަރު ލިބޭގޮތުގައި ސެންޓްރަލް ޗިލީއަށް އައިސްފައިވާ ބިންހެލުމަކީ ޖީއެމްޓީ ގަޑިން 22.30 ގައި އައިސްފައިވާ ބިންހެލުމެއް ކަމަށާއި ބިންހެލުމުގެ ސަބަބުން މީހަކު މަރުވެފައި ނުވިނަމަވެސް ބައެއް މީހުންނަށް ގެއްލުން ލިބިފައިވާކަމަށް ރިޕޯޓްތަކުން ބުނެއެވެ. އޮފިޝަލުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށާޢި އިމާރާތްތައް އެންމެ މިނެޓަކަށް ހެލުމުގެ ސަބަބުން އިމާރާތްތަކަށް އެކި ގެއްލުން ލިބިފައިވާކަމަށެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީމަހު ފަހުކޮޅުވެސް ހަމަ މިސަރަހައްދަށް ވަނީ 8.8 ގެ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. އަދި 500 މީހުން މަރުވެފައިވާއިރު އެތައް ބިލޔަން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އެސަރަހައްދަށް އެރި ސުނާމީގެ ސަބަބުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...