ރާއްޖޭގެ ޚަބަރު ފުވައްމުލަކު ބައެއް ޒުވާނުން ޕާކިސްތާނުގައި ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ފަންޑެއް ހުޅުވައިފި

ފުވައްމުލަކު ބައެއް ޒުވާނުން ޕާކިސްތާނުގައި ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ފަންޑެއް ހުޅުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަހުމަދު ހުސެއިން / ފުވައްމުލަށް

ފުވައްމުލަކު ޒުވާނުން ކޮޅެއްގެ އިސްނެގުމުގެ މަތިން، ޕާކިސްތާނުގައި ޙާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީތެރިވުމުގެ ގޮތުން ޙާއްސަ ޕްރޮގުރާމެއް ފަށައިފިއެވެ.

އެގޮތުން ފުވައްމުލަކު ތިން ފިހާރައެއްގައިވަނީ އެހީގެ ފަންޑު ފޮށި ބެހެއްޓިފައެވެ. އެހީގެ ތިންފޮށި މިވަގުތު ބެހެއްޓިފައިވަނީ މަމީ، ސިތާނާ ސްޓޯރު އަދި ވާދީމާރޓުގައެވެ. އަދި ހަމައެއާއެކު މިފަންޑު ފޮށިތަށް އިޝްތިހާރުކުރުމުގެ ގޮތުން ރަށުގެ އެކިއެކި ކަންކޮޅުތަކުގައި ޕޯސްޓަރު ހިއްޕުމާއި، ރަށުގެ ބޮޑެތި މަގުތަކުގައި ބެނާ ދެމުންވެސް ކުރިޔަށް އެބަދެއެވެ.

ކޮންމެ ބޭފުޅަކުވެސް ތިމާއަށް ވެވުނު މިންވަރަކުން ﷲގެ މަގުގައި ހޭދަކުރެއްވުމަށް ފުވައްމުލަކު ޒުވާނުން އިލްތިމާސްކުރައްވައެވެ.

މާތް ﷲ ގެ މަގުގައި ހޭދަކުރާމީހާއާ ބެހޭގޮތުން އެކަލާނގެ ވަޙީ ކުރެއްވިއެވެ. ﴿مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّئَةُ حَبَّةٍ وَاللّهُ يُضَاعِفُ لِمَن يَشَاء وَاللّهُ وَاسِعٌ عَلِيمٌ﴾ މާނައީ: "ﷲ ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثالއީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ مثال އެވެ. ﷲ އިރާދަކުރައްވާ މީހަކަށް (ثواب) ގިނަގުނަ ކުރައްވައެވެ. އަދި، ﷲއީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (سورة البقرة 261(

ޓެގް

އެހީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.