ކޮކާ ކޯލާ އަދި ޕެޕްސީ ހަދާ ކުންފުނިތަކަށް ކެންސަރުގެ ނުރައްކާތެރިކަމާއި ބެހޭ ގޮތުން ފުޅީގެ ބޭރުގައި ލޭބަލް ކުރުމަށް އެންގުމުން އޭގައި ހިމަނާފައި ވާ މާއްދާތަކަށް ބަދަލު ގެނައުމުގެ މަސައްކަތް އެކުންފުނިތަކުން ފަށައިފިއެވެ.
އަލަށް މިހެދުނު ރެސިޕީގައި ކޮންމެ ފުޅި ނުވަތަ ދަޅުގައި ކެރެމަލް ކުލަ ކަމުގައި ވާ ކެންސަރުޖެހޭ މާއްދާ މެތީލިމިޑަޒޯލް (4-އެމް އީ އައި) ހުންނަނީ %4 ވުރެއްވެސް ދަށުންނެވެ. މިއީ ކެމިކަލް އެކެވެ. އަދި ކެލްފޯނިޔާގައި ވަނީ މި ރެސިޕީގައި ކާސިނޯގެން މިލިސްޓަށް އިތުރު ކޮށްފައެވެ. މިހާރު މި އާ ރެސިޕީ މުޅި އެމެރިކާގައި ވަނީ ތާރަޕްކޮށްފައެވެ. އަދި މިގެނައި އާ ބައްދަލުގެ ސަބަބުން އެއްވެސް ގެއްލުމެއް ނުވާކަމަށް ކޮކާ ކޯލާ ކޮންޕެނީ ބުނެފައި ވެއެވެ.
އެމެރިކާގެ ބިވަރޭޖް އެސޯސިއޭޝަން ބުނިގޮތުގައި ކެންސަރު ޖެހޭތޯ ޓެސްޓު ކުރެވިފައިވަނީ މީދަލަށް ކޯކް ދީފައެވެ. މީދަލަށް ކެންސަރު ޖެހުނުކަމުގައި ވިޔަސް އިންސާނުންނަށް ނުޖެހޭނެކަމުގައި ވެސް އެ އެސޯސިއޭޝަން ބުނެއެވެ. ޔޫއެސް ފުޑް އެންޑު ޑަރަގް އެޑްމިނިސްޓްރޭސަން އިން ހާމަކުރިގޮތުގައި މީދަލަށް ކުރި ޓެސްޓު އިންސާނަކަށް ކުރާނަމަ ދުވަލަކު 1000 ދަޅު ކޯކް ދޭންޖެހޭނެކަމަށެވެ.
އެމެރިކާގެ ފިނިބުއިން ވިއްކާތަންތަނުގެ ތެރެއިން %90 ތަންތަނުން އެންމެ ގިނައިން ވިކޭ އެއްޗަކީ ކޯކް އަދި ޕެޕްސީއެވެ. އެމެރިކާއިން ދަނީ ކޯކް ބުއިމުން ކެންސަރު ނުޖެހޭނެކަން ދުނިޔެއަށް ހާމަ ކޮއްދެމުންނެވެ. ނަމަވެސް ވަރަށް ފަހުން ދުނިޔޭގެ ވަރަށް ގިނަ މީޑިޔާ އަދި ފޭސްބުކް ފަދަ ސޯޝަލް ނެޓްވޯކް ތަކުގައި ހާމަ ކޮށްފައި ވާގޮތުން ކޯކް އަކީ މުސްލިމުން ބުއިން ރަނގަޅު އެއްޗެއް ނޫނެވެ. ސަބަބަކީ ފުރަތަމަ ފަހަރަށް ލީކު ވެފައިވާ ކޯކްގެ ރެސިޕީގައި ބަންގު (އެލްކޮހޯލް) މި މާއްދާ އެކުލެވިގެން ވާތީއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...