އެމެރިކާ ޓެސްޓް ލަސްކުރުމަށް ހަދާނެ އެންމެ ފަހުގެ އެތި ފަހަރަކަށް ބޮމުގެ ޙަމަލާއެއް އަތުވެދާނެކަމަށް އެލާޓްކުރުވައިފި

ޓެސްޓް ލަސްކުރުމަށް ހަދާނެ އެންމެ ފަހުގެ އެތި ފަހަރަކަށް ބޮމުގެ ޙަމަލާއެއް އަތުވެދާނެކަމަށް އެލާޓްކުރުވައިފި

ޓެސްޓް ލަސްކުރުމަށް ހަދާނެ އެންމެ ފަހުގެ އެތި ފަހަރަކަށް ބޮމުގެ ޙަމަލާއެއް އަތުވެދާނެކަމަށް އެލާޓްކުރުވައިފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އޮރެގޮންގގެ ޔުނިވާރސިޓީ ދަރިވަރަކު ޓެސްޓް ހެދުން ލަސްކުރުމަށް ހަދާނެ އުކުޅަކަށް ވިސްނުމަށްފަހު އެންމެ ފަހުން ކޮލެޖަށް ގުޅާ ބޮމުގެ ޙަމަލާއެއް އަތުވެދާނެކަމަށް ކޮލެޖް ސަމާލުކުރުވައިގެން އިމްތިޙާނު ކެންސަލްކުރުމުގައި ކާމިޔާބު ހޯދައިފިއެވެ. ނަރުސްކަން ކިޔަވަމުންދާ ޑެނިއެއްލޭ ސިލްވީއާ މިފަދައިން 2 ފަހަރު އެކަންކޮށްފައިވެއެވެ.

ޢުމުރުން 27 އަހަރުގެ ޑެނިއެއްލޭ އެމް ސިލްވީއާ އަކީ މީގެ ކުރިން ޗެމެކެޓާ ކޮމިޔުނިޓީ ކޮލެޖުން ނަރުސްކަން ކިޔަވަން އުޅެ ފާސްނުވެފައިވާ ދަރިވަރެކެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހު އަނެއްކާވެސް އެކޮލެޖުން ޖާގައެއް ލިބުނީ ޕްރޮބޭޝަނަރީ ދަރިވަރެއްގެ ގޮތުގައެވެ. އެހެންކަމުން އިމްތިޙާނުން ފާސްވުމަކީ ޑެނިއެއްލޭ އަށް ވަރަށް މުޙިއްމުކަމަށް ވެފައިވެއެވެ.

ފެބުރުއަރީ 13 ވަނަ ދުވަހާއި 27 ވަނަ ދުވަހު ކޮލެޖަށް ލިބުނު އިންޒާރުތަކެއްގެ ސަބަބުން މުޅި ކޮލެޖް އެލާޓަށް ގެނެވުނެވެ. މިދެދުވަހަކީވެސް ޑެނިއެއްލޭގެ 2 އިމްތިޙާނެއް އޮތް ދެދުވަހެވެ.

ފެބުރުއަރީ 13 ވަނަ ދުވަހު ޕޯރޓްލޭންޑް ޓީވީ އަށް "އަންހެނަކު" ފޯނުން ގުޅާ ކޮލެޖަށް ޙަމަލާދޭން އުޅޭކަމަށް ސަމާލުވުމަށް އަންގާފައިވެއެވެ. ނަމަވެސް އެފަހަރު ހަމަލާދެނީ ކޮން ތާކަށްކަން ސީދާ ބުނެފައިނުވާތީ، ފުލުހުން ވަނީ ޗެމެކެޓާ ކޮލެޖްގެ 7 ކެމްޕަހެއް ހުޅުވުން ލަސްކޮށް އެތަންތާނގެ ސެކިޔުރިޓީ ބަލަހައްޓާފައެވެ.

ކޮލެޖްގެ ސްޕޯރކްސްމަނެއްކަމަށްވާ ގްރެގް ހެރިސް ބުނެފައިވަނީ އެފަހަރު ކޮލެޖްގެ 5000 އަށްވުރެ ގިނަ ދަރިވަރުންނާއި މުދައްރިސުން ކޮލެޖާ ކާރިއަށް ނައުމަށް އަންގާ އެލާޓް ކޮށްފައިވާނެ ކަމަށެވެ.

ސީދާ ސަރަޙައްދެއް ބުނެފައިނުވާތީ ފުލުހުންނަށް 5 ގަޑިއިރު ވަންދެން ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ޙަރަކާތްތެރިވާން ޖެހުނެވެ. ނަމަވެސް އެންމެ ފަހުން އެ އިންޒާރުތައް ވެފައިވަނީ އެއްވެސް ޙަޤީޤަތެއްނެތް އިންޒާރުތަކަކަށެވެ.

ފުރަތަމަ ދުވަހުގެ އިމްތިހާނު ކާމިޔާބު ކަމާއެކު ލަސްކޮށްލެވުމުން ޑެނިއެއްލޭ ދެވަނަ ފަހަރު ކުޑަ ގޮތަކަށް އުކުޅު ބަދަލުކޮށްލިއެވެ. ފެބުރުއަރީ 27 ވަނަ ދުވަހު، "އަންހެން ކުއްޖަކު" ފުލުހުންނަށް ގުޅާ އަންގާފައިވަނީ، ރޭވިގެން ދެވޭ ބަޑީގެ ހަމަލާއެއް ޗެމެކެޓާ ކޮލެޖުގެ ބިލްޑިންގ 9 ގައި ދޭނެކަމުގެ އިންޒާރެއް އޮންލައިން މެސެޖް ބޯރޑެއްގައި ދީފައިވާތަން ކިޔާފައިވާ ކަމަށެވެ. މިފަހަރު ސީދާ ތަން ހާމަކޮށްފައިވާތީ ފުލުހުންނާއި ޑިޓެކްޓިވުން އެ ޢިމާރާތް ބަންދުކޮށް 6 ގަޑިއިރު ވަންދެން އެތާނގެ ފޯރިމަރާފައިވެއެވެ. ކޮލެޖުގެ ފަރާތުން ވަނީ އެ ހިސާބުގެ ހުރިހާ ކުލާސްތަކެއްވެސް ކެންސަލްކޮށްފައެވެ. ނަމަވެސް ބަޑިޖަހާ މީހެއްގެ ހިލަމެއްވެސް އެހިސާބުން ނުވެއެވެ.

ކޮލެޖުން ހާމަކުރި ގޮތުގައި ފުރަތަމަ ފަހަރުގެ އިންޒާރުގެ ސަބަބުން ދަރިވަރުން ބިރުގަނެފައި ވިޔަސް، ދެވަނަ ދުވަހުގެ އިންޒާރުގެ ސަބަބުން ދަރިވަރުން ތިބީ އެމީހުންގެ ކިޔެވުން މެދުކެނޑޭތީ ހިތްހަމަނުޖެހިފައެވެ.

އެންމެފަހުން، ގުޅާ މީހާގެ ނަމްބަރު ޓްރެކް ކޮށްގެން ފުލުހުން ކުރި މަސައްކަތުން ފުލުހުންވަނީ ޑެނިއެއްލޭ ސިލްވީއާ އަތުލައިގަނެފައެވެ. ފަހުން އޭނާވެސް ވަނީ އެކަންކަމަށް އެއްބަސްވެ، އެފޯނު ކޯލުތަކަކީ އިމްތިޙާނުތައް ލަސްކުރުމަށް ޤަޞްދުގައި ކުރިކަމެއްކަމަށް އެއްބަސްވެފައެވެ. އަދި ކުރިން އޭނާ ކޮލެޖުން ފެއިލްވެފައިވާ ވާހަކައާއި އިތުރު ވާހަކަތައް ވަނީ ފުލުހުންނަށް ކިޔާދީފައެވެ.

ޑެނިއެއްލޭގެ މިޢަމަލަށް ފަހުވެސް ފުލުހުން ބުނެފައިވަނީ ދެންވެސް އެފަދައިން އަންނަ ކޮންމެ ފޯނު ކޯލަކަށް ހަމަ އެބީދައިން ޢަމަލުކުރާނެކަމަށެވެ. "އެއީ ހަމަ ޙަޤީޤީ ކޯލުތަކެއްކަމަށް ދެކި، މިފަދަ ކޮންމެ މައުލޫމާތެއް ބަލައިގަތުމުގެ މިންގަނޑުގެ ތެރެއިން އަޅުގަނޑުމެން ދާން ޖެހޭ." ފުލުހުންގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ.

ނަމަވެސް ޑެނިއެއްލޭގެ މިޢަމަލަކީ އެހެން ދަރިވަރުން ނަމޫނާއަކަށް ބެލުން އެއްގޮތަކަށްވެސް ކަމުދާ ޢަމަލަކަށް ނުވާނެއެވެ. މިހާރު ޑެނިއެއްލޭ ހުރީ މޭރިއޮން ކައުންޓީ ޖަލުގައި 35000 އެމެރިކާ ޑޮލަރުގެ ބޮންޑެއް ބޮލުއަޅައިގެންނެވެ. ނޫސްވެރިންނަށްވެސް އޭނާއާ ވާހަކަދެއްކުމުގެ ފުރުޞަތެއް ދީފައިނުވެއެވެ. އަދި އޭނާގެ މައްޗަށް 5 ކުށަކަށް ދައުވާ އުފުލިފައިވެއެވެ. އެކުށްތައް ޘާބިތުވެއްޖެ ނަމަ އޭނާ 5 އަހަރަށް ޖަލަށް ލެވޭނެއެވެ. އަދި ބޮޑު ޖޫރިމަނާއަކުން ޖޫރިމަނާވެސް ކުރެވޭނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.