އެމެރިކާއާއި ޔަހޫދީ އިސްތިޢުމާރުގެ ހެކަރުންގެ ޓީމަކުން އީރާނުގެ ޕްރެސްޓީވީގެ ވެބްސައިޓަށް ދިން ހަމަލާތައް ނާކާމިޔާބުވެފައިވާކަމަށް ޕްރެސްޓީވީއިން ހާމަކޮށްފިއެވެ.
ޕްރެސްޓީވީ އިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުގައި ހެކަރުންގެ ޓީމުންވަނީ މިމަހު 4 ވަނަ ދުވަހުގެ 14:00 ކުން ފަށައިގެން 5 ވަނަ ދުވަހުގެ 04:00 އާ ހަމަޔަށް ޕްރެސްޓީވީގެ ވެބްސައިޓް ހެކްކުރަން ގިނަ މަސައްކަތްތަކެއްކޮށްފައެވެ.
ނަމަވެސް ޕްރެސް ޓީވީގެ ޓެކްނިކަލް ޓީމުން ވެބްސައިޓް ހެކަރުންގެ ހަމަލާތަކުން ސަލާމަތްކުރުމަށް ނަގާފައިވާ ސަލާމަތީ ފިޔަވަޅުގެ ސަބަބުން ހެކަރުންގެ ހަމަލާތައްވަނީ ނާކާޔާބުވެފައިކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 9 ވަނަ ދުވަހުވެސް އެމެރިކާ އަދި ޔަހޫދީ އިސްތިއުމާރުގެ ހެކަރުންގެ ހަމަލާތައް ޕްރެސްޓީވީގެ ވެބްސައިޓަށް އަމާޒުކޮށްފައެވެ. އަދި އެފަހަރު އެވެބްސައިޓް ހެކްކުރަން މަސައްކަތްކޮށްފައިވަނީ އީރާނުން އެމެރިކާގެ ޖާސޫސީ މަތިންދާބޯޓެއް ވައްޓާލުމާއި ގުޅިގެން އެސައިޓުން ދައްކާފައިވާ ވީޑިއޯއެއްގެ ސަބަބުންކަމަށް ޕްރެސްޓީވީ އިން ހާމަކޮށްފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...