ދުނިޔެ ޕާކިސްތާނުގެ އަސްކަރިއްޔާއިން 24 ހަނގުރާމަވެރިން މަރާލައިފި

ޕާކިސްތާނުގެ އަސްކަރިއްޔާއިން 24 ހަނގުރާމަވެރިން މަރާލައިފި

ޕާކިސްތާނުގެ އަސްކަރިއްޔާއިން 24 ހަނގުރާމަވެރިން މަރާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕާކިސްތާނުގެ އުތުރު ޤަބީލާ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ހަނގުރާމަވެރިންގެ ތެރެއިން 24 ހަނގުރާމަވެރިން އެޤައުމުގެ އަސްކަރިއްޔާއިން މަރާލައިފިއެވެ.

އަންގާރަދުވަހު ޚައިބަރު ޕަޚްތުންޚްވާ ސަރަހައްދުގައި ހަނގުރާމަވެރިންނާއި ސިފައިންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި 17 ހަނގުރާމަވެރިޔަކު މަރާލައިފައިވާއިރު ނަސީރުއާބާދުގައި ހިނގި ކުރިމަތިލުންތަކުގައި 7 ހަނގުރާމަވެރިޔަކު ވަނީ މަރާލައިފައެވެ.

2001 ވަނަ އަހަރު ޓަރަރިޒަމްއާއި ދެކޮޅަށްކަމަށް ބުނެ އެމެރިކާއިން ފަށާފައިވާ ހަނގުރާމައިގައި އެމެރިކާއާއި ޕާކިސްތާނު ސަރުކާރުން ގުޅުމުން ސިފައިންނާއި ހަނގުރާމަވެރިންނާއި ދެމެދު ހިނގަމުން އަންނަ ކުރިމަތިލުންތަކުގައި މިހައިތަނަށް ޕާކިސްތާނުގެ 35،000 ރައްޔިތުން މަރުވެފައިވާކަމަށް ދިރާސާތަކުން ދައްކައެވެ.

2009 އަހަރުން ފެށިގެން ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ހަނގުރާމަވެރިން ދެމުން އަންނަ ޖާނުންފިދާވުމުގެ ހަމަލާތަކާއި އެނޫނުންވެސް ހަމަލާތައްވަނީ އިތުރުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.