އޮސްޓްރޭލިއާގެ އެބޮރިން ދަރިކޮޅުގެ މީހުން ގިނަ އަދަދަކަށް އިސްލާމްދީނަށް ވަންނަމުންދާކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
2001 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެބޮރިޖިން ދަރިކޮޅުގައި ތިބީ މުޅިއަކު 641 މުސްލިމުންނެވެ. އަދި 2006 ވަނަ އަހަރު އެޢަދަދުވަނީ 60 އިން ސައްތަ އަށް ވުރެ ބޮޑަށް އިތުރުވެފައެވެ.
ދީރާސާކުރާފަރާތްތަކުން ބުނާގޮތުގައި އޮސްޓްރޭލިއާގެ އެބޮރިޖިން ދަރިކޮޅުގައި އިސްލާމްދީން އެހާ ބާރަށް ފެތުރެމުން ދަނީ އެބޮރިޖިން ދަރިކޮޅުގެ ޘަޤާފަތްތަކަކީ އިސްލާމްދީނުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައިވާ ޘަޤާފަތްތަކަކަށް ވާތީއެވެ. އޭގެ ތެރޭގައި ފިރިހެނުން ޚިތާނު ކުރުމާއި އަދި 'އެރޭންޖްޑް މެރިއޭޖް'ފަދަ ކަންކަން ހިމެނެއެވެ.
އިސްލާމްދީން ޤަބޫލުކޮށްފައިވާ އެބޮރިޖިން ދަރިކޮޅުގެ އަންހެނެއްކަމުގައިވާ އަލިންޓާ ހާމަކުރިގޮތުގައި އޭނާގެ އެބޮރިޖިން އަސްލާއި އިސްލާމްދީން ވަނީ ގުޅިފައެވެ.
"އިސްލާމްދީނުގައި ފިރިހެނުންގެ ރޯލް ވަރަށް ސާފު. އަދި އަންހެނުން އަދާކުރަންޖެހޭ ރޯލުވެސް ވަރަށް ސާފު. އަހަރުމެން އެބޮރިޖިން މީހުންގެ ތެރޭގައިވެސް ކަންއޮތީއެހެން،" އޭނާ ހާމަކުރިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...