ރާއްޖޭގެ ޚަބަރު ކުމުންދޫ މަސްޖިދުލްހުދާއަށް ބަޔަކު ގެއްލުންދީފި

ކުމުންދޫ މަސްޖިދުލްހުދާއަށް ބަޔަކު ގެއްލުންދީފި

ކުމުންދޫ މަސްޖިދުލްހުދާއަށް ބަޔަކު ގެއްލުންދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފޮޓޯ ކްރެޑިޓް: ކުމުންދޫ.ކޮމް

ހ.ދ. ކުމުންދޫގެ މަސްޖިދުލްހުދާ އަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުންދީފިއެވެ. ޚަބަރުލިބިފައިވާގޮތުގައި ރޭ ގެއްލުންދީފައިވަނީ މިސްކިތުގެ ޖާގައިތުރުކުރުމަށް މިސްކިތުގެ ދެކުނު ފަރާތުގައި ވަގުތީގޮތުން ހަދާފައިވާ ބަޔަށެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ދާއިރާ ތަމްސީލް ކުރާ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ މެމްބަރު ޒަކަރިއްޔާ ހުސައިން ދިއިސްލާމަށް މަޢުލޫމާތު ދެއްވިގޮތުގައި ދެކުނު ފަރާތުގައި ބައިގެ ވަށައިގެން ޖަހާފައިވާ ސަތަރިތައްވަނީ އެއްކޮށް ކޮށާލާފައެވެ.

މިނޭއްގާނީ ޢަމަލު ހިންގި ފަރާތްތައްހޯދާ މިމައްސަލަ ތަހުގީގު ކުރުމަށްޓަކައި ކުމުންދޫ ކައުންސިލް އާއި އަތޮޅުކައުންސިލާއި ފުލުހުން ގުޅިގެން މިހާރުވަނީ މަސައްކަތް ފަށާފައިކަމަށް އޭނާ ހާމަކޮށްފައިވެއެވެ. އަދި މައްސަލަ ތަޙްޤީޤްކުރުމަށް ކުމުންދޫއަށް މިއަދު ދިޔަ ފުލުހުންގެ ޓީމުވަނީ މަސްޖިދުލްހުދާއަށް ގޮސް އެމިސްކިތަށް ލިބިފައިހުރި ގެއްލުންތައް ބަލާފައެވެ.

"މިސްކިތައް ގެއްލުންދީފައިވާތީ އެކަން ހަރުކަށި އިބާރާތުން އަޅުގަނޑު ކުއްވެރިކުރަން. އަދި ޒިންމާދާރުކަންކުޑަ، އިންސާނިތްޔަތާއި ޚިލާފު  ލާދީނީ މިއަމަލު ހިންގާފައިވާ  ބަޔަކު ހޯދާ އެބަޔަކާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށްވެސް އަޅުގަނޑު ކަމާބެހޭފަރާތްތަކަށް ގޮވާލަން،" ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ދާއިރާ ތަމްސީލް ކުރާ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ މެމްބަރ ވިދާޅުވިއެވެ.

އަދި މިތަހުގީގު ހިންގުމުގައި ކުމުންދޫގެ ކައުންސިލުން ފުލުހުންނަށް ދެވެންހުރި ހުރިހާ އެއްބާރުލުމެއް ދެއްވުމަށްވެސް އޭނާވަނީ އިލްތިމާސްކުރައްވާފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަމަސްޖިދުލްހުދާގައި ވަގުތީ ގޮތުން ހަދާފައިވާ ފެންޑާއަކީ ރަށުގައި ހުރި ހުކުރު މިސްކިތް ތަޅާލައި އެތަނުގައި އަލަށް މިސްކިތެއް އެޅުމަށްޓަކައި ހޭދަވާ މުއްދަތުގައި ދިމާވެދާނެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި ހަދާފައިވާ ފެންޑާއެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.