ޑިމޮކްރަސީ ހަލާކުކޮށްލީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ރައީސް އައްޑޫ ސިޓީއަށް މިހާރުކުރައްވަމުން ގެންދާ ދަތުރުފުޅުގައި ރޭ އައްޑޫ ސިޓީގެ ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަހީދު ވިދާޅުވީ ޑިމޮކްރަސީގެ ބައްޕައަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޫން ކަމަށާއި މިދިއަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ޑިމޮކްރަސީ އަށް ވަރަށް ނުރައްކާތެރި އަދި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އަދި "ޑިމޮކްރަސީ ހަލާކުކޮށްލީ ނަޝީދު،" ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެ އަށް ޑިމޮކްރަސީ ގެންނަން މަސައްކަތް ކުރެއްވީ ހަމައެކަނި ނަޝީދެއް ނޫންކަމަށާއި އަދި ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ޑިމޮކްރަސީ އަށް ގޮންޖެހުންތައް ކުރިމަތިވި އިރު ރޭގަނޑު ނިދާފައި ތިއްބާ ވަގަށް ނަގައިގެން ގެންދާނެކަމުގެ ބިރު އުފެދިއްޖެ ކަމަށެވެ.
މީގެއިތުރުން ރައީސް ވަހީދު ވިދާޅުވި ގޮތުގައި ޑިމޮކްރަސީއޭ ކިޔައިގެން ނަޝީދަށް މިހާރު ވާހަކަފުޅު ދެއްކެވޭކަށް ނެތެވެ. އަދި ބޭރުގެ އެކި ފަރާތްތަކަށް ޑިމޮކްރަސީގެ ބާނީ އަކީ ތިމަން މަނިކުފާނޭ ވިދާޅުވުމުގެ ހައްގެއްވެސް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...