ރާއްޖޭގެ ޚަބަރު ފެބްރުއަރީ 24 ގައި ބޮޑު މަހާސިންތާއެއް ބާއްވަނީ

ފެބްރުއަރީ 24 ގައި ބޮޑު މަހާސިންތާއެއް ބާއްވަނީ

ފެބްރުއަރީ 24 ގައި ބޮޑު މަހާސިންތާއެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"އިސްލާމދީނުގެ ހިމާޔަތުގައި ދިވެހިން" ގެ ނަމުގައި މަދަނީ އިއްތިހާދުން ބޭއްވި އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވަނީ--ފޮޓޯ: ދިއިސްލާމް

އަންނަ ހުކުރު ދުވަހު 23 ޑިސެމްބަރ އިއްތިހާދުގެ ފަރާތުން އިސްނަގައިގެން "ބޮޑު މަހާސިންތާ" އެއް ބާއްވަން 23 ޑިސެމްބަރ އިއްތިހާދުން ނިންމައިފިއެވެ.

"ގާނޫނު އަސާސީ ނެގެހެއްޓުމާއި ގާނޫނީ ވެރިކަން ދެމެހެއްޓުން" ޝިއާރުގެ ދަށުން ބާއްވާ އެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ  މިހާރުގެ ސަރުކާރާ އެކު ގިނަ ޕާޓީތަކުން އޮތްކަން އަންގައިދިނުން ކަމަށާއި ގާނޫނީ ވެރިކަން ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ދޭނެކަން ޔަގީންކަން ދިނުންކަން ޕީޕީއެމްގެ ފަރާތުން ވާހަކަދައްކަވަމުން އަހުމަދު މަހްލޫފް ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ފަރާތުން ވާހަކަދައްކަވަމުން އެ ޕާޓީގެ ރައީސް ޝައިޚް އިމްރާން ވިދާޅުވީ "ގާނޫނު އަސާސީ ނެގެހެއްޓުމާއި ގާނޫނީ ވެރިކަން ދެމެހެއްޓުން" މި ޝިޔާރާ އެއްގޮތަށް އަޑު އުފުލުމަށް އަތޮޅުތަކުން ވެސް ވީހާ ގިނަ ބަޔަކު އެ ދުވަހަށް މާލެ އައުމަށެވެ.

23 ޑިސެމްބަރ އިއްތިހާދުން ހާމަކުރައްވާގޮތުގައި މި މަހާސިންތާ އޮންނީ އެ ދުވަހުގެ ހަވީރު 4:00 ފެށިގެން 18:00 އަށް ލޮނުޒިޔާރަތް ކޮޅުގައި ކަމަށާއި އެހެން ނަމަވެސް އެ ސަރަހައްދު ނުލިބިއްޖެ ކަމަށްވާ ނަމަ މާލެގެ ކޮންމެވެސް ސަރަހައްދެއްގައި މަހާސިންތާ ބާއްވާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

"އިސްލާމްދީނުގެ ހިމާޔަތުގައި ދިވެހިން" މި ޝިއާރުގެ ދަށުން މިދިޔަ އަހަރު 23 ޑިސެމްބަރ ގައި ވަނީ މަދަނީ އިއްތިހާދުގެ ފަރާތުން ރާއްޖޭގެ އެކި ރަށްރަށުގައި ބޮޑު އެއްވުމެއް ބާއްވާފައެވެ. އަދި އެ އެއްވުމުގައި އެތަށް ހާސް ރައްޔިތުންނެއްވަނީ ބައިވެރިވެފައެވެ.

ޓެގް

ޕީޕީއެމް އަދާލަތު ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.