އެމެރިކާގެ ސިފައިންގެ މީހަކު ފޭސްބުކްގައި އިސްލާމްދީނަށް ފުރައްސާރަކޮށް މުސްލިމުންނަށް މަރުގެ އިންޒާރުދެމުންގެންދާ މައްސަލަ ބަލައި އޭނާއަށް އަދަބުދިނުމަށް ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް (ސީ.އޭ.އައި.އާރް) އިން މިއަދު އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އަށް ގޮވާލައިފިއެވެ.
ހޮނިހިރުދުވަހު ސީ.އޭ.އައި.އާރްގެ ފޭސްބުކް ސަފްހާގައި ޝާއިއުކޮށްފައިވާ މަޒްމޫނަކަށް ީ އެމެރިކާގެ ކޮލަރާޑޯ ސްޕްރިންގްސްގައި ދިރިއުޅެމުން އަންނަ ސިފައިންގެ މީހެއްކަމަށްވާ އެޑްވަރޑް ވީލްވަނީ މުސްލިމުންނަށް މަރުގެ އިންޒާރުދީ ކޮމެންޓްކޮށްފައެވެ.
"އިސްލާމްދީނެއް ދެނެއް ނޯންނާނެ! އަހަރެންގެ މިޤައުމު މުސްލިމުކުރަން އުޅޭ ކޮންމެ މީހަކު މަރާލާނަން!...ޚާއްސަކޮށް މިޕޯސްޓަށް ކޮމެންޓުކުރާ މީހުން...ހުރިހާ މުސްލިމުންނަކީ ޓެރަރިސްޓުން، އެމީހުންނަށް އެއްވެސް ޙައްޤެއް ލިއްބައިދީގެންނުވާނެ...އަހަރެންނަށް ކަލޭމެން އުޅޭތަނެއް އެނގިއްޖެއްޔާ ކަލޭމެން ނެތިކޮށްލާނަން. އަދި އަހަރެން ކަލޭމެން ހޯދާނަން،" އޭނާ ލިޔެފައިވެއެވެ.
"އެފްބީއައިއާއި ފުލުހުން މިފަދަ މަރުގެ އިންޒާރުތައް ވަރަށް ސީރިއަސްކޮށް ނަގަންޖެހޭނެ. ޚާއްސަކޮށް ހަތިޔާރުގެންގުޅުމުގެ ހުއްދައޮންނަ ސިފައިންގެ އޮފިސަރަކު މިފަދަ މަރުގެ އިންޒާރުދެންޔާ ވަރަށް ބޮޑަށް ބަލަންޖެހޭނެ. މިކަން ތަޙްޤީޤްކުރަންޖެހޭނެ،" ސީ.އޭ.އައި.އާރްގެ ނެޝަނަލް ކޮމިއުނިކޭޝަންސް ޑިރެކްޓަރ އިބްރާހިމް ހޫޕަރ ވިދާޅުވިއެވެ.
މިމައްސަލަ ޕެންޓަގަންގެ އޮފިޝަުލުންނަށްވެސް ރިޕޯޓްކުރާނެ ކަމަށް ހޫޕަރ ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...