ދިވެހިރާއްޖޭގައި ޞުލްޙަ ޤާއިމްކުރުމަށް އިންޑިއާ އާއި އެކު އެމެރިކާއިން މަސައްކަތްތަކެއް ކުރަމުންދާކަމަށް އެޤައުމުން ހާމަކޮށްފިއެވެ.
"ހުރިހާ ފަރާތްތަކުންވެސް ސުލްހަ ޤާއިމްކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަޅުގަނޑުމެން މަރުހަބާކިޔަން،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ވިކްޓޯރިއާ ނުލާންޑ ނޫސްވެރިންނަށް މަޢުލޫމާތުދެމުން ވިދާޅުވެފައިވާކަމަށް ޓައިމްސް އޮފް އިންޑިއާއިން ހާމަކޮށްފައިވެއެވެ.
"އިންތިޚާބެއް ބޭއްވުމަށް ސުލްހަވެރި ވެއްޓެއް ޤާއިމްކުރުމަށް ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއްގެ މުހިއްމުކަމާއި މެދު ދިވެހިރާއްޖޭގެ ރައްޔިތުން މިހާރު ފަށާފައިވާ މަޝްވަރާކުރުންތަކަށްވެސް އެމެރިކާއިން މަރުހަބާ ކިޔަން. އަޅުގަނޑުމެންގެ އިލްތިމާސަކީ ހުރިހާ ސިޔާސީ ޕާޓީތައް އެކުވެގެން މިމައްސަލަތަކަށް ޙައްލެއް ހޯދުމަށް މަސައްކަތްކުރުން،" އޭނާ ވިދާޅުވިއެވެ.
ނޫލާންޑ އިތުރަށް ހާމަކުރެއްވި ގޮތުގައި ސުލްހަވެރި ވެއްޓެއް ޤާއިމްކުރުމަށް، ރާއްޖޭއަށް ކުރިމަތިވާ ގިނަ މައްސަލަތަކަށް ޙައްލުހޯދުމަށް އެހީތެރިވަމުންދާ އިންޑިއާއެކު ވަރަށް ގާތުން އެމެރިކާ މަސައްކަތްކުރަމުންދާކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...