ރާއްޖޭގެ ޚަބަރު މަގުމަތިން ކަންކަން ނިންމުމުގެ އުސޫލުދޫކޮށް މަޝްވަރާގެ އުސޫލުން ސުލްހަވެރިކަމާއިއެކު ކަންކަން ޙައްލުކުރުމަށް ނަޝީދަށް ގޮވާލަން- ސަންދާނު ޒަކީ

މަގުމަތިން ކަންކަން ނިންމުމުގެ އުސޫލުދޫކޮށް މަޝްވަރާގެ އުސޫލުން ސުލްހަވެރިކަމާއިއެކު ކަންކަން ޙައްލުކުރުމަށް ނަޝީދަށް ގޮވާލަން- ސަންދާނު ޒަކީ

މަގުމަތިން ކަންކަން ނިންމުމުގެ އުސޫލުދޫކޮށް މަޝްވަރާގެ އުސޫލުން ސުލްހަވެރިކަމާއިއެކު ކަންކަން ޙައްލުކުރުމަށް ނަޝީދަށް ގޮވާލަން- ސަންދާނު ޒަކީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަގުމައްޗަށް މީހުން ނެރެގެން ގަދަބާރުން ކަންކަން ނިންމުމުގެ އުސޫލު ދޫކޮށް މަޝްވަރާގެ ރިވެތި އުސޫލުން ސުލްހަވެރިކަމާއި އެކު ކަންކަން ޙައްލުކުރެއްވުމަށް މެލޭޝިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރ ދާތޯ މުޙައްމަދު ޒަކީ  (ސަންދާނު ޒަކީ) ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.

ނަޝީދު އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ އިޚްތިޔާރުގައި އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރުން ހެކިންގެ ގޮތުގައި ފަހަތުގައި ބައިތިއްބަވައިގެން ކަމަށް ވެފައި އަދި އެމަންޒަރު ވަގުތުން ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފެންނާނެހެން ޓީވީ ޗެނަލްތަކުން ދައްކާފައިވާއިރު، އޭގެ ސައުވީސްގަޑި އިރުފަހުން ޚިޔާލު ބަދަލުވެ ވެރިކަން އަލުން އަނބުރާ ހޯއްދެވުމުގެ ނިޔަތުގައި ބަހަނާތައް ދައްކަވައި އިދިކޮޅު ނެހެއްދެވުމަށްވެސް ޒަކީ ކުރީގެ ރައީސްއަށް އިލްތިމާސް ކުރެއްވިއެވެ.

މިހާރު މިއޮތް ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރާއި ގުޅިގެން ސުލްހަވެރިކަމާއިއެކު ކަންކަން ހައްލުކުރެއްވުމަށް މަސައްކަތްކުރެއްވުމަށާއި އަދި ވަކިވެގަނެގެން ފިތުނައުފެދޭގޮތަށް ކަންތައްތައް ނުކުރެއްވުމަށްވެސް ސަންދާނު ޒަކީ ގޮވާލެއްވިއެވެ. އަދި ޕާޓީއަށާއި ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާނަމަ ސުލްޙަވެރިކަމާއިއެކު ޕާޓީ 2013 އިލެކްޝަނަށް މެކްހަށް ޖެއްސެވުން މާބޮޑަށްވެސް ފައިދާއާއި ލާބަ ބޮޑުވާނެކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވެފައިވެއެވެ

މެލޭޝިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރ ހާމަކުރެއްވިގޮތުގައި ނަޝީދަށް އޮތް އިތުބާރާއި ޔަޤީންކަން ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުން ނެތިގެން ދިޔައީ ރައީސް މައުމޫނުގެ ދުވަސްވަރެކޭ އެތްގޮތަށް ޤާނޫން އަސާސީގެ އިންތައް ފަހަނަ އަޅައި ގަދަބާރުން ކަންކަން ނިންމެވުމަށް ހައްދަވައިގެންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.