ރާއްޖޭގެ ޚަބަރު ގައުމީ އެއްބައިވަންތަކަން ގާއިމުކުރުމުގެ މަގުޗާޓަށް ޑީއާރުޕީ އިން ތާއިދުކޮށްފި

ގައުމީ އެއްބައިވަންތަކަން ގާއިމުކުރުމުގެ މަގުޗާޓަށް ޑީއާރުޕީ އިން ތާއިދުކޮށްފި

ގައުމީ އެއްބައިވަންތަކަން ގާއިމުކުރުމުގެ މަގުޗާޓަށް ޑީއާރުޕީ އިން ތާއިދުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޑީއާރުޕީ ގެ ލީޑަރު--ފޮޓޯ: ޑީއާރުޕީ

ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ އިސްނެންގެވުމުގެ މަތިން އެކުލަވާލައި ރޭ އިއުލާން ކުރި ގައުމީ އެއްބައިވަންތަކަން ގާއިމު ކުރުމުގެ މަގުޗާޓަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ ) އިން ތާއިދުކޮށްފިއެވެ.

އެ ޕާޓީން ހާމަކުރާގޮތުގައި ޑީއާރުޕީއިން މިމަގު ޗާޓަށް ތާއީދު ކުރަނީ ދިވެހިރާއްޖޭގެ ޑިމޮކްރަޓިކް ބިންގާތައް ހަރުދަނާ ކުރުމަށާއި، ރައްޔިތުންގެ ތެރޭގައި އަމަންއަމާން ކަމާއި ސުލްހަ މަސަލަސް ކަން ޤާއިމް ކުރުމަށާ، ޤައުމުގެ އިޤުތިސާދަށް ހުއްޓުމެއްނެތި ކުރިއެރުންތައް ގެނައުމަށާއި، މިނިވަން މުއައްސަސާތައް ހަރުދަނާ ކުރުމަށާއި، ރައްޔިތުންގެ ދުޅަހެޔޮކަމާއި އުފާފާގަތި ކަމަށް އަބަދުމެ މިޕާޓީއިން ތާއީދު ކުރާތީކަމަށެވެ.

މީގެއިތުރުން ޑީއާރުޕީ އިން ބުނެފައިވަނީ ޗާޓުގައި ވާގޮތުގެ މަތިން އަވަސް އިންތިޚާބަކަށް ދިއުމަށް މަގުފަހި ކުރުމުގެ ގޮތުން، ހުރިހާ ޕާޓީތަކެއްގެ މެދުގައި ވާހަކަތައް ފެށުމަށް ޑީއާރުޕީއިން ތާއީދުކުރާކަމަށާއި އަދި މިފަދަ އިންތިޚާބަކަށް މަގުފަހި ކުރުމަށްޓަކައި، ޕާޓީތަކަށް އެއްބަސްވެވޭ ގޮތެއްގެ މަތިން ޤާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލެއް ގެނައުމަށްވެސް ޑީއާރުޕީއިން އެއްބާރުލުން ދޭނެކަމަށެވެ.

ޓެގް

ގައުމީ އެއްބައިވަންތަކަން ޑީއާރުޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.