މެލޭޝިއާގެ މިސްކިތްތަކަށް 'އޫރު' ގެ ހަމަލާތަށް އިތުރުވަމުން ދާކަމަށް މެލޭޝިޔާގެ މީޑިއާތަކުން ހަބަރު ފަތުރަމުން އެބަދެއެވެ.
މިއީ މެލޭޝިޔާގައި މިހާރު ފެށިގެން އުޅޭ ދީނީ ކޯޅުމުގެ ތެރޭގައި ޢައިރު ދީންތަކުގެ މީހުން ކޮށްފައިވާ ކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 'އަހަރެމެން ފަތިސް ނަމާދަށް އައިއިރު މިސްކިތުގައި ލެޔާއި އެކު ތަތްތެޅިފައިވާ ދެ އޫރު އޮތް.' މެލޭޝިޔާގެ މިސްކިތެއް ބަލަހައްޓާ އިސްފަރާތަކާއި ހަވާލާދީ ނޫސްތަކުގައި ވެއެވެ.
މީގެ ތިން ހަފްތާ ކުރިންވެސް މެލޭޝިޔާގައި މުސްލިމުން ނަމާދު ކުރާ ހޯލެއްގެ ތެރޭންވެސް ވަނީ މަރާލާފައިވާ އޫރެއް ފެނިފައެވެ. އިސްލާމް ދީނުގައި އޫރަކީ 'ނަޖިސް' އެއްޗެއްގެ ގޮތުގައި ކަނޑައަޅާ މުސްލިމުން ކެއުން ހަރާމްވެފައިވާ އެއްޗެކެވެ. މިމައްސަލާގައި މެލޭޝިޔާގެ ދީންތަކުގެ މެދުގައި ވަނީ ވަރަށް ބޮޑެތި ކޯޅުންތަށް ހިނގަމުންނެވެ. އެގޮތުން ކްރިސްޓިއަން ޗާޗްތަކާއި ފައްޅިތަކަށްވެސް ދަނީ އެފަދަ ހަމަލާތައް ރައްދުވަމުންނެވެ.
ޤައުމެއްގައި ތަފާތު ދީންތަށް އޮތުމުގެ ނަތީޖާއެއްގެ ގޮތުގައި މިފަދަ އެތައް ހާދިސާތައް ދުނިޔޭގެ ކަންކޮޅުތަކުގައި ދަނީ ހިންގަމުންނެވެ. ދީނީ އަޅުކަން ކުރާ ތަންތަން ނަޖިސްކުރުމާއި އަލިފާންޖެހުމާއި އިމާރާތްތަކަށް އޮއްގަލުގެ ހަމަލާތައް ދަނީ އަމާޒުވަމުންނެވެ.
ފޮޓޯ: މެލޭޝިޔާގެ ފުލުހުން މިސްކިތުގައިވާ އޫރު ނަގަނީ...

ކޮމެންޓް (0)
ލޯޑް ކުރަމުން...