ހަމަނުޖެހުން ހިންގުމާއި ބަދަލު ހިފުމުގެ ރޫހެއް ގެންގުޅޭނަމަ ގައުމުގައި އަމާންކަން ގާއިމު ނުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެއެވެ.
މީގެއިތުރުން ފިތުނަ އުފެއްދުމާއި ބަދަލު ހިފުމުގެ ރޫހު ދޫކޮށްލައި ގައުމުގެ ހަމަޖެހުން ގާއިމުކުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަށް ރައީސް ގޮވާލެއްވިއެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ އެއްވެ އުޅުމުގެ މިނިވަންކަމުގެ ނަމުގައި ހަމަނުޖެހުން އުފެއްދުމަށް ފުރުސަތު ނުދެއްވާނެކަމަށް ރައީސް ޑރ ވަހީދު ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީން އަންނަ ހުކުރު ދުވަހު އެއްވުމެއް ބާއްވަން ނިއްމާފައިވަނިކޮށެވެ. އެމްޑީޕީން ހާމަކުރާގޮތުގައި ފެބްރުއަރީ 17 ވަނަ ދުވަހު އެ ޕާޓީން ބާއްވަން ތައްޔާރުވަމުން އަންނަ ‘ބޮޑު މުޒަހަރާ’ގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިނގާނެކަމަށާއި އެދުވަހުގެ އެ އެއްވުމަކީ ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ ވަކި ބައެއްގެ މުށުތެރެ އަށް ލެވިފައި އޮތްއޮތުން ނިމުމަކަށް ގެނައުމުގެ ގޮތުން އެމްޑީޕީން ރާވައިގެން ކުރިއަށް ގެންދާ އެއްވުމެއްކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...